ads
ލަންކާގެ ކަރަންޓްގެ ހިދުމަތުގެ އަގު ބޮޑު ކުރަނީ--
ދެ މަރުހަލާއަކަށް ބަހާލައިގެން ލަންކާގައި ކަރަންޓުގެ އަގު ބޮޑު ކުރަނީ
ދެ ފިޔަވައްސަކަށް ބަހާލައިގެން 2023 ވަނަ އަހަރުގެ ޖެނުއަރީ އަދި ޖޫން މަހު ކަރަންޓުގެ ޓެރިފް ބޮޑުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފި އެވެ
Advertisement

ލަންކާގެ ޕާލިމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން ވެސް ކަރަންޓް ޓެރިފް ބޮޑު ކޮށްދީފައިވާ ކަމަށާއި ނަމަވެސް ސިލޯން އިލެކްޓްރިސިޓީ ބޯޑް (ސީއީބީ) އަށް ލިބެމުންދާ ގެއްލުންތައް ފޫނު ބެއްދުމަށްޓަކައި ކަރަންޓް ބިލް ބޮޑުކުރުމަށް އެދިފައިވާ މައްސަލަ އަށް ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ. މިކަން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ގައުމީ ކައުންސިލްގެ އިގުތިސާދީ ހަމަޖެހުމާ ގުޅޭ ކުރު އަދި މެދު މުއްދަތުގެ ޕްރޮގްރާމްތައް ދެނެގަތުމާ ބެހޭ ސަބް ކޮމިޓީގައެވެ.

ކަރަންޓް ބޯޑުގެ އެޑިޝަނަލް ޖެނެރަލް މެނޭޖަރު ރޯހަން ސެނެވިރާޓްނޭ ވިދާޅުވީ ޕަބްލިކް ޔުޓިލިޓީ ކޮމިޝަނުގެ ރުހުން ހޯދުމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި މިހާރު ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް ކަރަންޓް ބިލަށް ގާތްގަނޑަކަށް 70 އިންސައްތަ އިތުރުކުރަން ޖެހޭ ކަމަށް ވެސް ކަރަންޓް ބޯޑުގެ މަންދޫބުން ވިދާޅުވިކަމަށެވެ.

ގައުމީ ކައުންސިލްގެ އިގުތިސާދީ ހަމަޖެހުމާ ގުޅޭ ކުރު އަދި މެދު ރާސްތާގެ ޕްރޮގްރާމްތައް ދެނެގަތުމާ ބެހޭ ސަބް ކޮމިޓީގެ މުގައްރިރު ވަނީ ސީއީބީގެ ގެއްލުން ފޫބެއްދުމަށް ކަރަންޓް ޓެރިފް ބޮޑުކުރުމުން އެކަމުގެ ނުރައްކާތައް އެބަހުރި ކަމަށާއި ވިޔަފާރިތައް ބަނގުރޫޓުވުން ފަދަ ކަންކަމާ ދިމާވާނެކަމަށް ފާހަގަކުރައްވާފައެވެ.

ސީއީބީން ގެއްލުންތަކަކާ އެކު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އިރު، އެ ކުންފުނިން ވަނީ ބޭންކުތަކާއި ކަރަންޓް ސަޕްލައި ކުރާ ފަރާތްތައް ހިމެނޭހެން އެކި ފަރާތްތަކަށް ލޯނުގެ ގޮތުގައި ގާތްގަނޑަކަށް 650 ބިލިއަން ރުޕީސް ދައްކަން ޖެހިފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

އެ ކުންފުނީގެ ބޯޑު މަންދޫބަކު ވިދާޅުވި ގޮތުގައި ދައްކަންޖެހޭ އަދަދުގެ ތެރެއިން ގާތްގަނޑަކަށް 35 ބިލިއަން ރުޕީސް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިން ކުންފުނިތަކަށް ދައްކަން ޖެހެއެވެ. އަދި  75 ބިލިއަން ރުޕީސް ތާމަލް ޕަވަ ސަޕްލައި ކުރި ފަރާތްތަކަށް ދައްކަން ޖެހޭ ކަމަށެވެ. އެ ކުންފުންޏަށް ލިބޭނެެ ކަމަށް ލަފާކުރެވޭ 50 ބިލިއަން ރުޕީސްގެ ލޯނުން ސަޕްލައި ކުރާ ފަރާތްތަކަށް އެންމެ ކުޑަމިނުން ބައެއް ފައިސާ ދެއްކޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ސީއީބީ އިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް