
މުބާރާތުގެ ފުރަތަމަ ފައިނަލަކަށް އޮންނާނީ މިއަދު ހަވީރު ދެވަނަ ޑިވިޝަން އަންހެން ބައިގެ ފައިނަލްއެވެ. މި މެޗުގައި ވާދަކުރާނީ އިމިގްރޭޝަނާއި އެމްޕީއެލްއެވެ. އެއަށް ފަހު ދެން އޮންނާނީ ދެވަނަ ޑިވިޝަން ފިރިހެން ފައިނަލް އެވެ. މިމެޗުގައި ވާދަކުރާނީ އެސްޓީއޯއާއި އައިޖީއެމްއެޗެވެ. ފުރަތަމަ ޑިވިޝަން ފިރިހެން ފައިނަލް އޮންނާނީ އެންމެ ފަހުންނެވެ. ފުރަތަމަ ޑިވިޝަން ފިރިހެން ފައިނަލްގައި އެމްޕީއެލް ނުކުންނާނީ އެމްއެންޑީއެފާ ދެކޮޅަށެވެ.
މި މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. އަދި ދެވަނަ ޑިވިޝަން ފިރިހެން ބައިގައި 15 ޓީމު ވާދަކުރި އިރު، އެންމެ ގިނަ ޓީމްތައް ބައިވެރިވެފައިވަނީ ދެވަނަ ޑިވިޝަން އަންހެން ބައިގައެވެ. ދެވަނަ ޑިވިޝަން އަންހެން ބައިގާ ޖުމްލަ 24 ޓީމުން ވާދަކުރިއެވެ.
މި މުބާރާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ޝަރުއީ ދާއިރާގެ ބައެއް ޓީމްތަކާއި މިނިވަން މުޢައްސަސާތަކުންވެސް ބައިވެރިވެފައިވެއެވެ.