2019 ވަނަ އަހަރުގެ ތެރޭގައި ހަށި ވިއްކުމުގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރު ކުރެވުނު ބަންގްލަދޭޝް މީހެއްގެ އަތުން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރީ ގދ. ފިޔޯރީ ކެކުރި، އާސިމް ހަބީބު ކިޔާ ފުލުހެއްގެ މައްޗަށެވެ.
މިއީ ގާނޫނާ ހިލާފަށް ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް އަތޮޅު ވެއްސަށް ގެންގޮސް ބަންދުން ދޫކޮށްލާނީ ފައިސާ ދިނުމުން ކަމަށް ބުނެ، ބަންދުގައި ބަހައްޓައިގެން އެ ބަންގްލަދޭޝް މީހާ އަތުން ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މި މައްސަލަގައި ފޭރުމުގެ ދައުވާއާއި ފޭރެން އުޅުމުގެ ދައުވާ އެ ފުލުސް އޮފިސަރުގެ މައްޗަށް ކުރެވުނު ނަމަވެސް މިއިން އެއްވެސް ދައުވާއެއް ސާބިތެއް ނުވިއެވެ. މި މައްސަލަތަކުގެ ހުކުމް ކްރިމިނަލް ކޯޓުގެ ގާޒީ އިއްވާފައިވަނީ އާދިއްތަ ދުވަހުއެވެ. ހުކުމް ކުރީ ގާޒީ އިސްމާއިލް ޝަފީއުއެވެ.