ads
ޖޭއެސްސީގެ ބައެއް މެންބަރުން
ނޫސްބަޔާނެއް ނެރުމުގައި ސުލޫކީ މިންގަނޑާ ހިލާފުވި ދެ މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ
ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރިކަމަށް ބެލެވޭތީ ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސުލީކީ މައްސަލަ ބަލަން ނިންމާފައިވަނީ ސ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު ހާޝިމް އާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު ޒިޔާދާ ތާހިރުގެ ކަމަށެވެ. 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒު ރަފީއުއްދީން އަހުމަދު އަމަލުކޮށްފައިވާކަމަށް ބެލެވޭތީ 2022 މާރޗް 02 ދުވަހު ތަހުގީގު ކުރަން ފެށި ކަމަށެވެ. 

އަދި އެ ތަހުގީގު ތެރެއިން، ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒު މުހައްމަދު ހާޝިމް އާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ ޒިޔާދާ ތާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ. 

އެހެންކަމުން އެ މައްސަލަ ބެލުމަށް ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 85 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް