އޭނާ މި މޭމުރުން ވާހަކަ ދައްކާފައިވަނީ ދެކުނު އިންޑިއާގެ ފިލްމެއް ކުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ދެކުނު އިންޑިއާގެ ފިލްމެއް ކުޅެންވެސް ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ ތަރިއަކީ އޭނާކަށް ގަބޫލުކުރާކަމަށެވެ.
ކާރްތިކް މިހާރު ދަނީ ފްރެޑީގެ ކާމިޔާބީ ފާހަގަކުރަމުންނެވެ. މި ފިލްމު އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒްކޮށްފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ކާރްތިކް އަށް ފިލްމުގައި އޭނާގެ އެކްޓިން އަށް ވަރަށް ބޮޑު ތައުރީފެއް ލިބެމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެކްޓަރު ހުރީ ކުރިއަށް އޮތް ޕްރޮޖެކްޓްތަކުގައި ފުދޭވަރަކަށް ބިޒީވެފަ އެވެ. އޭނާއަށް ދެން ކުރިއަށް އޮތީ ޝެހްޒާދާ އެވެ. އަލްލޫ އަރްޖުން ލީޑް ރޯލުން ފެނިގެންދާ ފިލްމު އަލާ ވައިކުންތަޕޫރަމުލޫގެ ރީމޭކެކެވެ.
ސައުތު ފިލްމެއްގެ ހިންދީ އެޑެޕްޓޭޝަނެއްގައި ކުޅެފައިވާ ކާރްތިކް އާރިޔަން މިހާރު ވަނީ ސައުތު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ.
އިންޑިއާގެ ނިއުސް18 އަށް ދިން އިންޓަވިއުއެއްގައި ކާރްތިކް އާރިޔަން ވަނީ އޭނާގެ ގިނަ ފިލްމުތަކެއް ލައިންކޮށްފައި ހުރި ގޮތުގެ ވާހަކަ ދައްކާފައެވެ. އެކްޓަރު ބުނީ އަބަދުވެސް ބޭނުންވަނީ އެންމެ މޮޅު އެކްޓަރަކަށް ވާން ކަމަށެވެ.
އަމާޒަކީ އަމިއްލައަށް ފުދިގެން އުޅުންކަމަށް އޭނާ ބުނެއެވެ. ފިލްމު އުފައްދާ ފަރާތްތަކުން އޭނާ ގަބޫލުކުރާނެ ކަމަށާއި އޭނާއަށް ވުރެ ރަނގަޅަށް ދެކުނު އިންޑިއާގެ ފިލްމެއް ބޮލީވުޑްގެ އެހެން އެކްޓަރަކަށް ކުޅެވޭނެކަމަށް ގަބޫލު ނުކުރާކަމަށް ވެސް އޭނާ ބުންޏެވެ.