ads
ފެނަކަ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ މުވައްޒަފުންނާއިއެކު ފެނަަކައިގެ އިސްވެރިން
އިތުރު ގަޑީގައި މަސައްކަތް ނުކުރެވޭނެ ކަމަށް ފެނަކައިން ކަނޑައަޅައިފި
ފެނަކައިންގެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތްތައް ރަސްމީ ގަޑީގައި ކޮށް ނިންމުމަށް އެކުންފުނިން މުވައްޒަފުންނަށް އަންގައިފި އެވެ.
Advertisement

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ސޮއި ކުރައްވާ އެކުންފުނީގެ މުވައްޒަފުންނަށް ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، އެ ކުންފުނިން ވަކިގޮތަކަށް އަންގަންދެން އިތުރު ގަޑީގެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. 

އެހެން ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނަމަ ހާއްސަ ހުއްދައެއްގެ ދަށުން އެ މަސައްކަތް ކުރަން އިތުރު ގަޑީގައި މަޑުކުރެވިދާނެ ކަމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެގޮތަށް ފެނަކައިން ނިންމީ، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށާއި، މިކަމުގެ ސަބަބުން މުވައްޒަފުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ވަގުތަށް ނިންމުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. 

އަދި މިކަމުގެ ސަބަބުން މުވައްޒަފުން ވަގުތަށް ފަރުވާ ބެހެއްޓުމަށްވެސް ހިތްވަރެއް ލިބިގެން ދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، މިފަދައިން ނިންމުމުން މުވައްޒަފުންގެ އަމިއްލަ ދިރިއުޅުމަށްވެސް ވަގުތު ހުސްކުރެވިގެން ދާނެ ކަމަށާއި، މިކަމުގެ ސަބަބުން މުވައްޒަފުންނާއި، މުވައްޒަފުންގެ އާއިލާތަކަށް ހަމަޖެހުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. 

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ފެނަކައިގެ ރަސްމީ ގަޑިއަކީ، ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 15:00 އަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް