ads
ކެރޭން ބިންދައިގެން ގޮސް މޫދަށް ވެއްޓިފަ: ފޮޓޯ--ސޯޝަލް މީޑިއާ
ތިލަމާލެ ބުރިޖުގެ މަސައްކަތުގަ ބޭނުންކުރާ ކެރޭނެއް ބިންދައިގެން ހިނގައްޖެ
ތިލަމާލެ ބުރިޖު ހެދުމަށް ބޭނުން ކުރަމުން އަންނަ ކެރޭނެއް ބިންދައިގެން ގޮސް، އޭގެން އެއްބައި ކަނޑަށް ވެއްޓިއްޖެ އެވެ.

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބިންދައިގެން ދިޔައީ، ކެރޭނުގެ ބޫމް ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. 

އަދި މިހާރު ކެރޭނުގެ މިބައި ބިންދައިގެން ދިޔަ ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެބައި ކަނޑުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ކެރޭންގެ ބައެއް ބިންދައިގެން ގޮސް ކަނޑަށް ވެއްޓުމުން މަސައްކަތުގެ ސްޕީޑް އަށް ބަދަލެއް ނާންނާނެ ކަމަށާއި، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ. 

މީގެ ކުރިން ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރަމުން އަންނަ ޕްލެޓް ފޯމް ކަނޑައިގެން ގޮސް ވިލިމާލެ ފަރަށް ވަނީ އަރާފަ އެވެ. އެ ހާދިސާގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވާކަމަށް އީޕީއޭއިން ކުރި ދިރާސާ އަށްފަހު އާއްމު ކުރި ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

ފަރަށް ލިބުނު ގެއްލުމުގެ ސަބަބުން އީޕީއޭއިން ވަނީ، މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް