އާދިއްތަ ވިލޭރޭ މި ކުއްލި މަރުގެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ މީރުތް ކިޔާ ސަހަރެއްގައެވެ. މަރުވި ކުއްޖާއަށް ކިޔަނީ ޒުބައިރު އެވެ.
ސިސީޓީވީ ފުޓޭޖުން ފެންނަގޮތުން ހަތަރު ފިރިހެން ކުދިން ހިނގާފައި ދަމުން އެތަނުން އެއް ކުއްޖަކު ކިނބިއްސެއް އަޅަން ވެގެން ހުއްޓިލައެވެ. ނަމަވެސް އޭނާ އެޅި ކިނބިއްސާއެކު މަރުވެގެން ވެއްޓެއެވެ.
ސީސީޓީވީ ފުޓޭޖުގެ މަންޒަރެއް
އެޅި ކިނބިއްސާއެކު މަރުވެފައިވާ ކުއްޖާ ފެނުމުން އަނެއް ތިންކުދިން ހަޅޭލަވައި އެހީއަށް އެދެން ފެށުމުން ކައިރި ހިސާބުތަކުގެ މީހުން ނުކުމެއެވެ. އަދި އެމީހުންގެ އެހީގައި ހޮސްޕިޓަލަށް ޒުވާނާ ގެންދިޔައެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ޒުވާނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އެނާ މަރުވީ އެޅި ކިނބިއްސާއެކު ހިތް ހުއްޓުން ނުވަތަ "ހާޓް އެޓޭކް" އެއް ޖެހިގެންނެވެ.