ads
ސޯޝަލް މީޑިއާގައި ޔާއްޕެ ކަލޯ ޝެއާކޮށްފައިވާ ފޮޓޯ:
ރާއްޖެ ވޯލްޑް ކަޕް ކުޅުމާމެދު ދިވެހިން ދެކޭގޮތް ތަފާތު
ދިވެހިރާއްޖެއަކީ ޖަޒީރާ އަދި ބިން މަދު ގައުމެއް ނަމަވެސް، ދިވެހިންތެރެއިން ގިނަ މީހުންނަކީ ފުޓުބޯޅައަށް ނުހަނު ލޯބިކުރާ ބައެކެވެ.
Advertisement

ގަތަރުގައި ވޯލްޑްކަޕް ފެށިގެން ކުރިއަށް ދާއިރު ދިވެހިންގެ ލޯވެސް ވަނީ ގަތަރާއި ދިމާލަށް ހުއްޓިފައެވެ. އެންމެ މެޗެއް ވެސް ދޫކޮށް ނުލައި ފުޓުބޯޅަ ބަލާ އެތައް ބަޔަކު އެބަތިއްބެވެ. އެކި ގައުމަށް ސަޕޯޓުކުރާ އެކި މީހުންނެވެ. ނަމަވެސް މި އެންމެންގެ ވެސް އެއް އުންމީދަކީ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ވޯލްޑްކަޕްގައި ކުޅުމެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ދިވެހިންގެ އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ފުޓުބޯޅަ ކުރިއެރުވުމަށާއި ދިވެހިންގެ ފައިސާއިން ހަރަދުވެސް ކުރާތީއެވެ. އަދި ފުޓުބޯޅަ ދެކެ ލޯބިވެސް ވާތީއެވެ. 

ސާޕް ޗެމްޕިއަން ޝިޕުގެ ރަން ތަށި 2008 ވަނަ އަހަރު ދިވެހިން ހޯދުމުން ދެއްކި ފޯރިމަތިން އަދިވެސް އެތައް ބަޔަކު ހަނދާން ނުނެތެއެވެ. 

your image2008 ވަނަ އަހަރު އޮތް ގައުމީ ޓީމް

މިއަހަރުގެ ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމް ބަޖެޓު ބަލައިލުމުން ވެސް މިކަން ސާފެވެ. އެގޮތުން 88.9 މިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ފާސްކޮށްފައެވެ. 

ވޯލްޑްކަޕްގެ ފޯރި ގަދަވެފައިވަނިކޮށް ވޯލްޑްކަޕް މެޗެއް ބަލަން ވަދެ ހުރި ދިވެއްސަކު ފާޅުކުރި ޝުއޫރެއް މިހާރު އަންނަނީ ދިވެހިންގެ ސަމާލުކަން ހޯދަމުންނެވެ. 

ޔާއްޕެ ކަލޯ ނަމުގައި ޓްވީޓްކުރި މީހަކު ބުނެފައިވަނީ "އިރާދަކުރެއްވިއްޔާ އެއް ދުވަހަކުން ދިވެހިރާއްޖެ ވޯލްޑްކަޕް ކުޅޭނެ،" ކަމަށެވެ. އޭނާ ވަނީ ދިވެހި ދިދައެއްގައި އެހެން ލިޔެ ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްއަށް ގޮސްފައެވެ. އެއީ އިންގްލެންޑާއި ގާނާ ކުޅުނު މެޗުގައެވެ.

އޭނާގެ މި ޝުއޫރަށް ރައްދު ދިން ބައެއް މީހުން ބުނަނީ އެއީ އަވަސް ތާރީހެއްގައި ވުމަށްވުރެ ވުން ނާދިރު ކަމެއް ކަމަށެވެ. 

"ބައިނަލްއަގުވާމީ މެޗުތައް ކުޅުމުގެ ކުރިން ފުޓުބޯޅަ އެސޯސިއޭޝަނުން ކަރަޕްޝަން ނައްތާލަންޖެހޭ. ބައްސާމާ އާއި އީޓަލް ފަދަ މީހުން އެފްއޭ އިން ބޭރުކުރަންޖެހޭ،" އަލިފުތު ނަމުގައި ކޮމެންޓު ކުރި މީހަކު ބުންޏެވެ. 

މުހަންމަދު އަމީން ނަމަކަށް ކިޔާ މީހަކު ވެސް ބުނެފައިވަނީ 2026 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަކީ ދިވެހިންނަށް އެންމެ އުންމީދީ ބުރު ނަމަވެސް ކުޅިވަރާއި ހަވާލުވެހުރި މުއައްސަސާތަކުގެ ސަބަބުން އެކަން ވާނެކަމަށް ނުދެކޭ ކަމަށެވެ. 

"އެ އަހަރު 48 ޓީމު ކުޅުނު ނަމަވެސް މި މުއައްސަސާތަކާއެކު އެކަން ވާނެހެން ހިއެއް ނުވޭ،" އަމީން ބުންޏެވެ.

އަލީ ނިސްތާރު މުހައްމަދު ކިޔާ މީހަކު ބުނެފައިވަނީ މޮޔަ ވިސްނުންތައް ގެންގުޅެން ވާނެކަމަށެވެ. އަދި އެވަރަށް ގުޅިގެން މަސައްކަތް ވެސް ކުރައްވާނެކަމަށެވެ. "އެކު އެކީގައި މަސައްކަތް ކުރަންވެސް ޖެހޭ. ސްޓޭބަލް ލީގެއް އޮވެ ޒުވާން ޓީމަކަށޭ ވާނެ ބުނާ ބުނުން ހުއްޓާލަން ޖެހޭ، އުދުހެން ބޭނުންނަމަ މިހާރު ހުރި ފިޔައަށް ވެސް އިތުބާރު ކުރަންޖެހޭ،" ކަމަށެވެ.  

އަނެއް ބަޔަކު ބުނަނީ އަދިވެސް ދިވެހިން ފުޓުބޯޅަ ދަަސް ކުރަންޖެހޭ ކަމަށެވެ. 

"ބޯޅަބާއްވާފަ މިހާގެކަށިމަތި ދުއްވާ ސްޓައިލްދޫކޮށްލަންޖެހޭނެ. ސްޕީޑް، ހުނަރު، ބޯޅަ އަޚްލާގް ދަސްކުރަންޖެހޭ،" ސިލިކްގެ ނަމުގައި ކޮމެންޓު ކުރި މީހާ ބުންޏެވެ.

ގިނަ ބަޔަކު ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން އަލުން ރާވައިގެން ނޫނީ ވޯލްޑްކަޕް ނުކުޅެވޭނެކަމަށް ބުނި ނަމަވެސް، އަނެއްބައި މީހުން ބުނަނީ "އިރާދަ ކުރެއްވިއްޔާ އަދި ކުޅޭނެ" ކަމަށެވެ. 

މި ކަމުގައި ދިވެހިންގެ ހިލާޔު ވަނީ ދެކަފިވެފައެވެ. 

72%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް