އޭނާ މަރުވިކަން އިއުލާނުކޮށްފައިވަނީ އޭނާގެ އާއިލާގެ ފަރާތުން އޭނާގެ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައެވެ.
މެގްހާ ތަކުރު މަރުވިއިރު އޭނާގެ 950،000 އަށްވުރެ ގިނަ ފޮލޯވަރުން އޭނާގެ ޓިކްޓޮކްގައި އެބަތިއްބެވެ. އޭނާއަކީ އަންހެން ކުދިންނަށް ދިމާވާ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުމުގެ މަސައްކަތް އޭނާގެ ކުރު ހަޔާތުގައި ކުރި ތަރިއެކެވެ.
އޭނާގެ އާއިލާއިން ބުނީ އޭނާ މަރުވެފައިވަނީ ނޮވެންބަރު 24 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މި ހިތާމަވެރި ހަބަރު އާއިލާއިން ހިއްސާކުރީ މި ހަފްތާ ތެރޭގައެވެ.
އޭނާ މަރުވި ސަބަބު އާއިލާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް އެންމެންގެ ހެޔޮ ދުއާ ކޮށްދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.
މެގްހާ މަރުވިކަން އިއުލާނުކުރުމުން އޭނާގެ ފޭނުން ގެންދަނީ އެކަމާއި ވަރަށް ބޮޑަށް ހިތާމަ ފާޅުކުރަމުންނެވެ.