ads
ފޮޓޯ ޕީޕާ ނިއުސް
ވޯލްޑްކަޕްގެ ތަށި ދަނޑަށް ގެންދާނީ ދީޕިކާ
ގަތަރުގައި ކުޅެމުން އަންނަ ވޯލްޑްކަޕްގެ ފައިނަލް ޓީމަށް ލިބޭ ތަށި އާންމު ކުރުމުގެ ޝަރަފު ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން އަށް ދީފިއެވެ.

މިއީ ދުނިޔޭގައި ފިކްމުކުޅޭ އެކްޓަރަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ވޯލްޑު ކަޕަކީ އެންމެ ގިނަ މީހުން ބަލާ ކުޅިވަރު އިވެންޓެވެ. 

އުމުރުން 32 އަހަރުގެ ދީޕިކާ މި އިވެންޓުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ގަތަރަށް ފުރާނެއެވެ. 

ދީޕިކާގެ މި އިވެންޓު އޮންނާނީ ޑިސެންބަރު 18 ވަނަ ދުވަހު ގަތަރުގެ 'ލުސައިލް އައިކޮނިކް ސްޓޭޑިއަމް' ގައެވެ.  

މި ޝަރަފުވެރި ފިލްމީ ތަރީގެ އެންމެ އަވަހަށް ދެން ނެރޭނެ ފިލްމަކީ 'ޕަތާން' އެވެ. މި ފިލްމުގައި ޝާހުގެ އިތުރުން ޖޯން އަބްރަހަމް ވެސް ވަނީ އެކްޓުކޮށްފައެވެ.

your imageދީޕިކާ ޕަޑްކޯން

ގަތަރުން ގެންދަނީ ބޮލީވުޑްގެ ތަރިންނަށް ރަނުގެ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. އެގޮތުން ބޮލީވުޑްގެ ތަރި ނޯރާ ފަތޭ ދާދިފަހުން ވަނީ ވޯލްޑްކަޕް މެޗް ބަލަން ތިބި މީހުންނަށް އޭނާގެ ހުނަރު ދައްކާލާފައެވެ. އެގޮތުން "އޯ ސާކީ ސާކީ" ލަވައަށް އޭނާ ވަނީ ގަތަރުގެ ސްޓޭޑިއަމެއްގައި ނަޝާފައެވެ. ނޯރާ އަށް ވަނީ ބޮޑު ތަރުހީބެއް ވެސް ލިބިފައެވެ. 

37%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް