މި ދެ މެންބަރުން އިސްތިއުފާ ދީފައި މިވަނީ މަޖިލީހުން އެ ދެ މެންބަރުން ވަކިކުރަން ނިންމި ދުވަހު އެވެ.
ރައީސް އޮފީހުން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބުނެފައިވަނީ، އެ ދެ މެންބަރުން އިސްތިއުފާ ދީފައިވާ ކަން ކަށަވަރު ވާކަމަށެވެ. މި ދެ މެންބަރުން ވަކިކުރަން މަޖިލީހުން ނިންމީ އޭސީސީގެ ގާނޫނާ އެ ދެ މެންބަރުން ހިލާފުވެފައިވާތީ ކަމަށް މަޖިލީހުން ބުނެއެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނީ އޭސީސީގެ ގާނޫނުގައި އެ ކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި މެންބަރުން ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށާއި އަމިއްލަ މަސްލަހަތު ހާސިލު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާތަކާ އެ ދެ މެންބަރުން ހިލާފުވެފައިވާ ކަމަށެވެ.
އޭސީސީގެ ދެ މެންބަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ތިން މެންބަރަކު ވަކިކުރުމުގެ މައްސަލަ ވެސް މަޖިލީހުގައި ވަނީ ތާވަލުކޮށްފައެވެ.