ads
ތުޅާދޫ
ދެމަފިރިން ބްލެކް މެއިލް ކުރި ތުހުމަތުގައި ހައްޔަރު ކުރި މީހާ 5 ދުވަހަށް ބަންދު
ބަރަހަނާ ވީޑިއޯ ތަކެއް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ބ. ތުޅާދޫ އިން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ތުޅާދޫ އިން 31 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ، ބަރަހަނާ ވީޑިއޯ ތަކެއް ބޭނުން ކޮށްގެން ދެމަފިރިިއަކަށް ބިރު ދައްކާ، އެމީހުން ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގަ އެވެ. 

އެމީހާ ހައްޔަރު ކޮށްގެން އެންމެ ފުރަތަމަ ތުޅާދޫގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ނަމަވެސް، ފަހުން އޭނާ ވަނީ، އެއަތޮޅު އޭދަފުއްޓަށް ގެންގޮސްފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ، މި ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނުން ފިޔަވާ މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާއްމު ކޮށްފައި ނުވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފިރިހެން މިހާ ވަނީ، ދެމަފިރިންގެ ވީޑިއޯ ތަކެއް ވަގަށް ނެގުމަށްފަހު އެ ވީޑިއޯތައް ބޭނުން ކޮށްގެން އެމީހުންނަށް ބިރު ދައްކާ، އެ މީހުން އަތުން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެ ތުހުމަތުގައި އޭނާ ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯ ތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެފަ އެވެ. 

ފަހަކަށް އައިސް ރާއްޖޭގައި، މީހުންނަށް ބިރުދައްކާ، ބްލެކް މެއިލް ކޮށްގެން ފައިސާ ހޯދާ ގިނަ މައްސަލަތަކެއް ފެންމަތި ވަމުން އަންނަ ކަން ފާހަގަ ކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް