ads
ބޮޑު ސިއްކަ އޭނާގެ ބައެއް އާއިލާގެ ބޭފުޅުންނާއެކު
އެތައް އަހަރު ތަކަށްފަހު ސިއްކަ އަހުމަދު އިސްމާއިލް މާލެ ވަޑައިގެންފި
މީގެ 18 އަހަރު ކުރިން ސްރީ ލަންކާއަށް ވަޑައިގެންނެވި ގޮތަށް އެގައުމުގައި ދިރިއުޅެމުން ގެންދެވި، އަހުމަދު "ބޮޑު ސިއްކަ" އިސްމާއިލް މާލެ ވަޑައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ބޮޑު ސިއްކަ މާލެ ވަޑައިގެންފައި މިވަނީ، އަނބިކަނބަލުން އާލާސްކަންފުޅާއި އުޅުއްވަމުން ގެންދަވާތީ އެވެ. 

ސިއްކަ އަހުމަދު އިސްމާއިލް އަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕާފުޅުގެ އިތުރުން، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިމާގެ ބޭފުޅެއްވެސް މެއެވެ. 

1988 ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި، ބައިވެރިވިކަމަށް ނިންމާ އޭނާގެ މައްޗަށް ހުކުމް ކުރި އެވެ. އެހެން ނަމަވެސް އޭގެ ފަހުން ރައީސް މައުމޫން ވަނީ، އޭނާ އަށް އަފޫއާމް ދެއްވައިފަ އެވެ. 

ސިއްކަ އަހުމަދު އިސްމާއިލް ލަންކާ އަށް ވަޑައިގަތީ މީގެ 18 އަހަރު ކުރިން، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ ސަބަބުންނެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަމުން ގެންދެވީ ލަންކާގަ އެވެ. 

ސިއްކަ އަހުމަދު އިސްމާއިލްގެ މައްޗަށް ތިނެއް ނޮވެމްބަރުގެ ހާދިސާ އާއި ގުޅިގެން ހުކުމް ކުރެއްވި ނަމަވެސް، އޭނާ އެކަމަށް އަބަދުވެސް އިއުތިރާޒް ކުރައްވަ އެވެ.

20%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް