ads
ކެރޭން ބިންދައިގެން ގޮސް މޫދަށް ވެއްޓިފަ: ފޮޓޯ--ސޯޝަލް މީޑިއާ
ބުރިޖުގެ މަސައްކަތް ލަހެއް ނުވާނެ: މިނިސްޓްރީ
ބުރިޖު އެޅުމަށް ބޭނުންކުރަމުން ދިޔަ ކެރޭނުގެ ބައެއް ބިންދައިގެން ގޮސް މޫދަށް ވެއްޓުނު ހާދިސާގެ ސަބަބުން ބުރިޖުގެ މަސައްކަތް ލަސްވެގެން ނުދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ބުރިޖުގެ މަސައްކަތުގައި ބޭނުންކުރާ ކެރޭނެއްގެ ބޫމް އަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ބިންދައިގެން ދިޔައީ، ކެރޭނުގެ ބޫމް އެވެ.

މި ހާދިސާގެ ސަބަބުން ބުރިޖުގެ މަސައްކަތައް ލަސްތަކެއް ކުރިމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، ‏މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއްނުވާ ކަމަށެވެ. އަދި ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯމް މަތިން މިހާރު ނަގާފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އަދި މިކަމާއި ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

"‏މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާކަން މި މިނިސްޓްރީއިން ފާހަގަކުރަން." މިނިސްޓްރީީން ބުންޏެވެ.

މީގެ ކުރިން ތިލަމާލެ ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރަމުން އަންނަ ޕްލެޓް ފޯމް ކަނޑައިގެން ގޮސް ވިލިމާލެ ފަރަށް ވަނީ އަރާފަ އެވެ. އެ ހާދިސާގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވާކަމަށް އީޕީއޭއިން ކުރި ދިރާސާ އަށްފަހު އާއްމު ކުރި ރިޕޯޓްގައި ވަނީ ބުނެފަ އެވެ. 

ފަރަށް ލިބުނު ގެއްލުމުގެ ސަބަބުން އީޕީއޭއިން ވަނީ، މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް