
ދުބާއީގައި ހުންނަ "ބިގް 5" ގެ ގްލޯބަލް ހަބް އަކީ އިރުމައްޗާއި ހުޅަނގު ގެ ގޭޓްވޭ އަކަށް ވާއިރު "ބިގް 5" ވެފައި ވަނީ އިމާރާތް ކުރުމުގެ ސިނާއަތު ގައި އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ފެއާ ކަމުގައެވެ.
އެސްޓީއޯގެ ފަރާތުން އެސްޓީއޯ މޯލްޑިވްސްގެ ނަމުގައި މި ފެއާގައި ގާއިމުކޮށްފައިވާ ސްޓޯލުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ވިއްކާ ހިލަ، ހިލަވެލި، ދަގަނޑު، ދަގަނޑު ހޮޅި، ފަތި ހޮޅި އަދި ޕްލައިވުޑާއި ޝަޓަރިން ފިލާގެ އިތުރުން އެސްޓީއޯ ސިމެންތި ދައްކާލާނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އިމާރާތް ކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ކުރިއަރައި ކާމިޔާބު ހޯދުމަށް 1979 ވަނަ އަހަރުން ފެށިގެން "ބިގް 5" އިން އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، "ބިގް 5" ފެއާ ވެފައި ވަނީ ވިޔަފާރި ކުރުމާއި އިލްމު ހިއްސާ ކުރުމާއި އާ ގުޅުންތަކަށް މަގުފަހިކޮށްދިނުމަށްޓަކައި އިމާރާތް ކުރުމުގެ ސިނާއަތުގެ ވެލިއު ޗެއިންގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެއާ ގުޅޭ އޯޑިއަންސް ތަކާ ގުޅުވައިދޭ ބައިނަލް އަގުވާމީ ޕްލެޓްފޯމަކަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހަށް ޔޫއޭއީގެ ދުބާއީގައި ކުރިޔަށްދާ މި ފެއާ ގައި 60 އަށް ވުރެ ގިނަ އެގްޒިބިޓަރުންނާއި 150 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.