ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު
އިލްކްޓްރޯނިކް ވޯޓިންއަށް ނުދާތީ ރައީސް އަށް އާދަމް ޝަރީފްގެ ޝުކުރު
ވޯޓުލުން ފިޔަވައި އެހެނިހެން ކަންކަން ޑިޖިޓަލައިޒް ކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމެވި ނިންމެވުމަށް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ޝުކުރު އަދާކުރައްވައިފިއެވެ.
Advertisement

މިނިސްޓަރު ވިދާޅުވީ މިއީ ގައުމު ތަރައްގީ ކުރުމަށް ރައީސް އެޅުއްވި އިހުލާސްތެރި ފިޔަވަޅެއް ކަމަށެވެ.

މޯލްޑިވްސް 2.0 ޕްރޮގްރާމަށް އިޝާރާތްކުރައްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން ކޮރަޕްޝަން މަދުކުރެވި، ހިންގުން އަވަސްވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަވެ، ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި، ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިބިދޭނެ ނިޒާމެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވޯޓުލުމުގެ ކަންކަން ޑިޖިޓަލައިޒް ނުކުރުމަށް ނިންމެވި ނިންމެވުމަކީ ރައީސްގެ އިހުލާސްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް