ads
ރޮނާލްޑޯ
ރޮނާލްޑޯ ބޮޑާ ހޭކީތަ؟ ފުރަތަމަ 11އިން ބާކީކޮށްފި
ދެވަނަ ބުރުގައި ސްވިޓްޒަަލަންޑާ ޕޯޗުގަލް ކުޅޭ މެޗުގެ ފުރަތަމަ 11 އިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށްފިއެވެ.

ސްވިޓްޒަލަންޑާ ޕޯޗުގަލް ކުޅޭ މެޗުގެ ފުރަތަމަ 11 މިހާރު އާއްމުކޮށްފައިވާއިރު ރޮނާލްޑޯ ނުހިމެނެއެވެ. މެޗު ފެށޭނީ މިރޭ 12 ޖަހާއިރުއެވެ. މިއީ ބަލިވާ ބަޔަކު ކަޓާ މެޗެކެވެ. 

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ސްވިޓްޒަލަންޑާ ޕޯޗުގަލް ވާދަކުރާ މެޗުގައި ރޮނާލްޑޯ ޓީމުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ނެތް އިރު، އޭނާ 11 ގައި ނެތުން މާ ރަނގަޅު ކަމަށް ގިނަ ބަޔަކުވަނީ މިއަދު ކުރިން ބުނެފައެވެ. 

ޕޯޗުގީޒް ނޫހެއް ކަމަށްވާ ބޯލާއިން ނެގި ވޯޓަކުން ދައްކާ ގޮތުގައި އެ ނޫހުގެ 70 ޕަސެންޓް ކިޔުންތެރިން އެދެނީ މިރޭ ސްވިޓްޒަލަންޑާ ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ ޓީމުގައި ނުހިމެނުމެވެ. ބޯލާ ނޫހުން ނެގި ވޯޓުގައި އަހާފައިވަނީ އާނއެކޭ ނުވަތަ ނޫނެކޭ ބުނެ ޖަވާބު ދެވޭ ގޮތަށް މިރޭގެ މެޗުގައި ރޮނާލްޑޯ ފަށަން ފެނޭތޯ އެވެ. 

އުމުރުން 37 އަހަރުގެ ރޮނާލްޑޯއަށް ވޯލްޑްކަޕުގައި އަދި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް ފުރަތަމަ މެޗުގައި ޕެނަލްޓީއަކުން ޖެހި ގޯލާއެކު، ފަސް ވޯލްޑްކަޕުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ރޮނާލްޑޯވަނީ ހޯދާފައެވެ.

ރޮނާލްޑޯ ޕޯޗުގަލްއާ އެކު ފަށަން ފެނޭތޯ އެ ގައުމުގެ ނޫހަކުން ވޯޓެއް ނެގިއިރު، އެންމެ ފަހުން ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރި ހިސާބުން އޭނާގެ ދެއްކި އިޝާރާތަކާ ގުޅިގެން ޕޯޗުގަލްގެ ކޯޗުވެސްވަނީ ހިތްހަމަ ނުޖެހުންފާޅުކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސައުތު ކޮރެއާ އަތުން ޕޯޗުގަލް ބަލިވިއިރު، ރޮނާލްޑޯވަނީ ވަކި ހިސާބަކުން ބާލާފައެވެ. ރޮނާލްޑޭ ފައިބައިގެން އައި މަގުމަތީގައި ކޮރެއާ ކުޅުންތެރިއަކާ ދިމާލަށް އަނގަމަތީ އިނގިލި ހުރަސްކޮށް އަޑު މަޑު ކުރުމަށް ރޮނާލްޑޯ ބުނި މަންޒަރުވަނީ އާއްމުވެފައެވެ.

30%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް