ads
މަވޯޓާ ޝަރީފް
މަވޯޓާ އަތުން 10 މިލިއަން ރުފިޔާ ނަގަން ކުރި ދައުވާ ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަތުން 10 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފި އެވެ.
Advertisement

މަވޯޓާ ޝަރީފް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވިކަމަށާއި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސް ކުރިކަމަށެވެ.  

އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ބަޔަކު މަރާލުމަށް ރައީސް ނަޝީދު އުޅުއްވި ކަމަށް ބުނެ މަވޯޓާ ޝަރީފް ޓުވިޓާގައި ޝާއިއުކޮށްފައިވާ ޓްވީޓެއްގައި، ރައީސް ނަޝީދުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބޭގޮތަށް ޓުވީޓް ޝާއިއުކޮށްފައިވާތީ، މަވޯޓާ ޝަރީފުގެ ކިބައިން، އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއެްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދި މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލާފައި ވާކަމަށެވެ. 

"މުހައްމަދު ނަޝީދުގެ ކިބައިން ކޯޓުގައި އެދިފައިވަނީ އެމަނިކުފާނަށް ނިސްބަތްކޮށް، އިބްރާހީމް ޝަރީފް، 25 ނޮވެމްބަރުގައި ޕަބްލިޝްކޮށްފައިވާ ޓްވީޓް ގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން، އެމަނިކުފާނަށް ލިބިވަޑައިގަނެފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް." ރައީސް ނަޝީދުގެ ވަކީލުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި މެދު އެ ކޯޓުން މިއަދު ފޮނުވި ލިއުމުގައި ވަނީ އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ބުނެފަ އެވެ. 

މީގެ އިތުރުން ޝަރީފް އެދުވަހު ކުރެއްވި ޓުވީޓުގައި ވަނީ ރައީސް ނަޝީދު 50 މީހުން މަރާލުމަށް އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށާއި، އަދި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ބުނެފަ އެވެ.  

70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް