މި ހަފްތާ ތެރޭގަ ކާތިކް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ކައިވެނިކުރަން އަދި ނުވިސްނާ ކަމަށެވެ.
ކާތިކް މިވަގުތު ހުސްކޮށް ހުރި ނަމަވެސް އޭނާ މީގެ ކުރިން ޑޭޓް ކުރިން ބައެއް ތަރިންގެ ވާހަކަތައް ވަނީ މީޑިއާއިން ޖާގަ ހޯދާފައެވެ. އެހެންކަމުން ކާތިކް ޑޭޓްކޮށްފައިވާ ބައެއް ތަރިންގެ ލިސްޓެއް ތިރީގައި ހިމަނާލާނަމަވެ.
ޕަޝްމީނާ ރޯޝަން:
ޕަޝްމީނާ ރޯޝަން އަކީ ރިތިކް ރޯޝަންގެ ދެބޭންގެ ދެ ދަރި ކުއްޖެކެވެ. އަދި އެކްޓަރެއްވެސް މެއެވެ. އޭނާއަކީ ރާޖޭޝް ރޯޝަންގެ އަންހެން ދަރިފުޅެވެ. ކާތިކް އާއި ޕަޝްމީނާ ޑޭޓް ކުރިކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް މި ދެ މީހުން ވެސް މިކަމަށް އެއްބަހެއް ނުވެއެވެ.
ސާރާ އަލީ ހާން:
ސާރާ އަލީ ހާން ވަނީ ކާތިކް ދެކެ ލޯބިވާކަން މީޑިއާގައި ވެސް ފާޅުކަން ބޮޑުގޮތެއްގައި ބުނެފައެވެ. އެ ދެމީހުން ޑޭޓް ކުރަމުން ދިޔައިރު މީޑިއާގެ ސަމާލުކަން ވެސް ހޯދިއެވެ. 'ކޮފީ ވިތް ކަރަން' ގައި ކަރަންޖޯހަރު ވެސް ވަނީ އެކަން ޔަގީންކޮށްދީފައެވެ. އަދި އެމީހުން ރުޅިވިކަން ވެސް މީޑިއާއަށް ހާމަކުރީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ.
އަނަންޏާ ޕާންޑޭ:
ކާތިކް އާއި އަނަންޏާ ޕާންޑޭ އެކުގައި ޑޭޓް ކުރަނިކޮށް ވަނީ އެތައް ފަހަރަކު މީޑިއާއަށް ފަޅާއަރާފައެވެ. މި ދެމީހުން ރުޅިވި ކަން ވަނީ ކަރަން ޖޯހަރު ގެ ޝޯއެއްގައި ޔަގީންކޮށްދީފައެވެ. އަނަންޏާ ޕާންޑޭ މިހާރު ލޯބިވާކަމަށް ބުނަނީ ޝާހުރުކް ހާންގެ ފިރިހެން ދަރިފުޅު އާރިޔަން ހާން ދެކެކަމަށް އެނާ ވަނީ ބުނެފައެވެ.
ޖާވްނީ ކަޕޫރު:
ޖާވްނީ ކަޕޫރު އާއި ކާތިކް "ދޯސްތާނާ 2" ގައި އެކުގައި މަސައްކަތް ނުކުރަން ނިންމިއެވެ. މިއާއެކު އެ ދެމީހުންގެ ޑޭޓް ކުރި ދުވަސްވަރުގެ ވާހަކަތައް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.
ޑިމްޕްލް ޝަރުމާ:
ޑިމްޕްލް ޝަރުމާ އަކީ ސުޕަ މޮޑެލް އެކެވެ. އޭނާއާއި ކާތިކް ޑިނާއަކަށް ދިޔަ ކަން ފަޅާއެރުމުން މި ދެމީހުންގެ ގުޅުމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. މީގެ އިތުރުންވެސް ތަފާތު ތަންތަނުން މި ދެމީހުން އެކުގައި ފެނުނު ނަމަވެސް ދެމީހުންވެސް ހިތާވެގެން އުޅޭކަމަށް އެއްބަހެއް ނުވެއެވެ.
ކާތިކް ދެން ޑޭޓް ކުރާނީ ކާކާތޯ އެނާގެ ފޭނުންގެ ތެރެއިން އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މި އަހަރަކީ ބޮލީވުޑުގް ގިނަ ފިލްމުސްޓާރުންނަށް ބަނަ އަހަރެއް ނަމަވެސް ކާތިކް ކުޅުނު ގިނަ ފިކްމުތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން 'ބޫލް ބުލައްޔާ 2' އަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އޭނާ އެނެމެ ފަހުން ނެރުނު ފިލްމު 'ފްރެޑީ' އަށް ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންމެވެ. މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ އަދި އުންމީދީ އެއް ފިރިހެން އެކްޓަރަކީ ކާތިކް އެވެ.
ބޮލީވުޑްގެ ބްލޮކް ބަސްޓާ ފިލްމު 'ފިރް ހޭރާ ޕޭރީ 3' އިން އަކްޝޭ ކުމާރު ވެސް ބޭރުކޮށް ޖާގަ ދީފައިވަނީ ކާތިކްއަށް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް ސުނިލްޝެޓީ ބުނަނީ އަކްޝޭ ކުމާރު ބޭރުނުކޮށް ކާތިކް އަށް އައު ރޯލެއް ދީފައިވާކަމަށެވެ.
ކާތިން އަންނަނީ ދެކުނު އިންޑިއާގެ ފިލްމެއް ކުޅުމަށް ވިސްނ،ަމުންކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.