ކަރީނާ ނުދަންނަކަމަށް ކަރިޝްމާ ހެދީ މަނީޝް މަލްހޯތުރާގެ އުފަންދުވަހުގެ ޕާޓީއަށް އަންގާރަ ދުވަހުގެ ރޭ ވަންނަމުންނެވެ.
ކަރީނާއާއި މަލައިކާ އަރޯއާ އާއި އެކު ކަރިޝްމާ ކަޕޫރު ފޮޓޯ ނަގަން ނޫސްވެރިން އެދުމުން އޭނާ ވަނީ އެމީހުން ނުފެނަ ކަމަށް ހަދައި އެމީހުން ކުރިމަތީގައި ވަކިން ހުއްޓި ޕޯސް ކޮށްފައެވެ. މިހެން ކަރިޝްމާ އަމަލުކުރި އިރު ކަރީނާ އަކީ ކަރިޝްމާގެ އެއްބަނޑު އެއްބަފާ ކޮށްކޮއެވެ.
ކަރިޝްމާގެ މި އަމަލުތަކުގެ ސަބަބުން އެ ދެބެއިންގެ މެދުގައި އޮތީ ކޮން ރުޅިވެރިކަމެއްތޯ އެތައް ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.
ފޮޓޯ ނެގުމުގެ ކުރިން ކަރިޝްމާއާއި މަލައިކާ ކޮންމެވެސް ވާހަކަތަކެއް ދައްކައެވެ. އަދި ކާރުން ފައިބައިގެން ދިޔައިރު ކަރީނާ ދިޔައީ ކަރިޝްމާގެ ކުރިމަތިން ހިގާފައެވެ. މީގެ ސަބަބުން ނޫސްވެރިންނަށް ކަރިޝްމާގެ ފޮޓޯ ނަގަން އުނދަގޫވިއެވެ. އަދި ފަހުން ކަރިޝްމާ އައިސް ހިތްހަމަ ނުޖެހުނީ އެކަމާ ކަމަށް ވެސް ވެދާނެއެވެ.