ads
ޝާހްރުކް އަދި އާރިޔަން
ޝާހުރުކް ހާން ގެ ތައުރީފު އާރިޔަން އަށް
ފިލްމެއްގެ ސްކްރިޕްޓް ލިޔެ ފިލްމެއް ހެދުމަށް ތައްޔާރުވުމުން ދޮށީ ފިރިހެން ދަރިފުޅު އާރިޔަން ހާން އަށް، ބޮލީވުޑްގެ ސުޕަ ސްޓާ ޝާހުރުކް ހާން ތައުރީފު ކޮށްފިއެވެ.
Advertisement

އާރިޔަލް މިއަދު ސޯޝަލް މީޑިއަގައި އެނާގެ ފޮޓޯއަކާއެކު ހިއްސާކުރި ކޮމެންތުގައި ބުނެގައިވަނީ ސްކްރިޕްޓު ލިޔެ ނިމިއްޖެކަމަށެވެ. އެނާގެ ފިލްމު ދައްކާނީ މަޝްހޫރު އޯޓީޓީ އަކުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އާރްޔަން މިހާރު ގެންދަނީ އޭނާގެ ފިލްމު ނަގާނެ ލޮކޭޝަންތައް ބަލަމުން ކަމަށް ވެސް ހަބަރުތައް ބުނެއެވެ. 

ދަރިފުޅަށް ތައުރީފު ކުރަމުން ޝާހުރުކް ހާން ބުނެފައިވަނީ "ވަރަށް އުފާވެއްޖެ. ވިސްނުމާ ގަބޫލުކުރުމާ ހުވަފެން ދެކުން ނިމިއްޖެ. ދެން އޮތީ ކުރެވޭތޯ ބެލުން. އެންމެ ފުރަތަމަ ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ކާމިޔާބީއަށް އެދެން. ފުރަތަމަ ޕްރޮޖެކްޓު އަބަދުވެސް ވަރަށް ހާއްސަ ވާނެ،" ކަމަށެވެ.

your imageޝާހު އޭނާގެ ދަރިފުޅާއެކު

އާރިޔަން މަސައްކަތް ކުރަން ބޭނުންވަނީ ފިލްމު އުފައްދާ މީހެއްގެ ގޮތުގައެވެ. އޭނާއަށް އެކްޓުކުރުމަށް ކަރަންޖޯހަރު ދިން އޮފާތައް ވަނީ ދޫކޮށްލާފައެވެ. ދެ ފަހަރެއްގެ މަތިން ރާރިޔަން ކަރަން ޖޯހަރުގެ ފިލްމަކަށް ލާން މަސައްކަތް ކުރިއެވެ. ނަމަވެސް އާރިޔަން ބޭނުންވަނީ ސްކްރިޕްޓު ލިޔުމާއި ޑައިރެކްޓު ކުރާށެވެ. 

އިންޑިއާ ފުލުހުން ހިނގި އޮޕަރޭޝަނެއްގައި އާރިޔަން ވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން ތަހުގީގުން ހާމަވީ އިންޑިއާ ފުލުުހުން އޭނާ ފްރޭމް ކުރީކަމަށެވެ. އޭނާ ވަނީ މިހާރު ދައުވާތަކުން ސަލާމަތް ވެސްވެފައެވެ. 

your imageއާރިޔަން ހާން ކޯޓުން ގެންދަނީ-- ހައިކޯޓުން ވަނީ އާރިޔަން މިނިވަންކުރަން ހުކުމްކޮށްފަ-

އާރިޔަން ދާދި ފަހުން ވަނީ އަނަންޏާ ޕާންޑޭ އާއެކު ޕާޓީއަކަށް ވަންނަނިކޮށް ފެނިފައެވެ. މި ދެ މީހުން ޑޭޓް ކުރާކަމަށް އަޑު ފެތުރިފައިވާއިރު އަނަންޏާ ޕާންޑޭ ބުނަނީ އާރްޔަން ދެކެ ލޯބިވާކަމަށެވެ.

your imageއާރިޔަން ހާން އާއި އަނަންޔާ ޕާންޑޭ-

ޝާހުގެ ފިރިހެން ދަރިފުޅު ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާއިރު، ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ހާން އަންނަނީ އޭނާގެ ފުރުތަމަ ފިލްމުގައި އެކްޓު ކުރަމުންނެވެ. އެއީ ޒޯޔާ އަހުތަރު ޑައިރެކްޓު ކުރާ "ދަ އާޗީސް" އެވެ. މި ފިލްމު ދެއްކުމަށް ހަަޖެހިފައިވަނީ ނެޓްފްލިކް އިން 2023 ވަނަ އަހަރުއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް