މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ، ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ މިއީ ވޯލްޑް ބޭންކްގެ އެހީގައި އެންވާރަމެންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކާ މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ 2030 ގެ ނިޔަލަށް ނެޓް-ޒީރޯ ގައުމަކަށްވުމަށް ވާސިލުވުމަށް ޕްރައިވެޓް ސެކްޓަރއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާކަމަށެވެ.