ads
ސަން އަކުއާ އިރުވެލި ރިސޯޓް
ސަން އިންވެސްޓްމަންޓުން އިރުވެލީގެ މެނޭޖަރެއް ގޮވައިގެން ހައިކޯޓަށް
ސަން އެކުއާ އިރުވެލި ރިސޯޓްގެ ރިސޯޓްގެ ރެސިޑެންޓް މެނޭޖަރު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އޭނާއަށް މިލިއަނެއްހާ ރުފިޔާ ދޭން ސަން އިންވެސްޓްމެންޓްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް، ސަން އިންވެސްޓްމެންޓް ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސަން އެކުއާ އިރުވެލި ރިސޯޓްގެ ރިސޯޓްގެ ރެސިޑެންޓް މެނޭޖަރު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އޭނާއަށް މިލިއަނެއްހާ ރުފިޔާ ދޭން ސަން އިންވެސްޓްމެންޓްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް، ސަން އިންވެސްޓްމެންޓް ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އަންގާރަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް ހައިކޯޓުން އަދި އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނުނިންމަ އެވެ.

ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެސިޑެންޓް މެނޭޖަރު ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އޭނާއަށް މިލިއަނެއްހާ ރުފިޔާ ދޭން ސަން އިންވެސްޓްމެންޓްގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމް ކުރީ މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެސިޑެންޓް މެނޭޖަރު ކަމުގެ މަގާމުގައި ހުއްޓާ ވަކިކުރި މުވައްޒަފަށް 993،492 ރުފިޔާއާއި އަދި އިތުރު އެހެން ބައެއް އިނާޔަތްތައް ދިނުމަށް ހުކުމްކޮށްފައިވެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވާ ގޮތުން ސަން އެކުއާ އިރުވެލި ރިސޯޓްގެ ރެޒިޑެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފު، 2019 ވަނަ އަހަރުން ފެށިގެން ދެ އަހަރު ވަންދެން އެ ވަޒީފާގައި ހުރި ކަމަށާއި ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަން އެނގޭ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް