ads
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން
"ވަން ޕާކް" ބިލްޑިން އާ އެކު ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ހައްލުވާނެ
ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އަށް ދަމާސް އިން ހުޅުމާލޭ ގައި ހަދާ "ވަން ޕާކް" ބިލްޑިންގ އާއެކު ހައްލު ލިބިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
Advertisement

މާލެ ސަރަޙައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެހިކަލް ޕާކު ކުރާނެ ޖާގަ ނެތުން ކަމަށްވާ އިރު "ވަން ޕާކް" ބިލްޑިންގ އާއެކު އެކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް ދަމާސް އިން ވަނީ ވަރަށް ފުރިހަމަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކެއް ހިންގާފައި ކަމަށާއި އަލަށް ހަދާ ޕާކިންގ ބިލްޑިންގ ވެސް އެހާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެޗްޑީސީއިން އިސްނަގައިގެން ހުޅުވާލި ޕާކިންގ ސިސްޓަމަށް ދަމާސް އިން މިކަމަށް ކުރިމަތިލައްވައި، ދަމާސް އިން އެކަން ފެއްޓެވުމަށް ނިންމަވައި، އެކަމުގެ އެގްރިމެންޓުގައި ސޮއިކުރާ ދުވަސް. އަޅުގަނޑު އުންމީދު ކުރަނީ މި ޕާކިންގ ބިލްޑިންގ އަކީ ވަރަށް ފުރިހަމަ ބިލްޑިންގ އަކަށް ވާނެ ކަމަށް،" ހ.މީރުމާ ގައި ބޭއްވި ރަސްމިއްޔާތު ގައި އަކްރަމް ވިދާޅުވި އެވެ.

ހުޅުމާލޭގައި މި ވަގުތު ޕާކު ކުރަން ޚާއްޞަ ތަނެއް ނުހުރެ އެވެ. ޕާކިންގގެ ޚިދުމަތް ލިބެން ހުންނަނީ ކޮމާޝަލް ފްލެޓް އިމާރާތްތަކުގައި ކަމުން އެ ތަންތަނުގެ ޕާކިންގ ޖާގަ ލިބެނީ ހަމައެކަނި އެތަންތަން ގަންނަ މީހުންނަށް އެކަންޏަށެވެ. އެހެންކަމުން، މީހުން ކާރު ޕާކު ކުރަނީ އާންމު މަގުތަކުގަ އެވެ.

"ވަން ޕާކް" ބިލްޑިންގ ގައި 500 ވެހިކަލަށް އެއްފަހަރާ ޕާކު ކުރެވޭ އިރު، ދިގު މުއްދަތުގެ ޕާކިންގ ޖާގަ އާއި ކުރު މުއްދަތުގެ ޕާކިންގ ޖާގަ އެތަނުން ދޫކުރާނެ އެވެ. ހަތް ބުރި އަށް ހަދާ އެ އިމާރާތުގެ ގްރައުންޑާއި އެއްވަނަ ފްލޯ ފިޔަވައި އެހެން ހުރިހާ ފްލޯއެއް ގައި ހުންނާނީ ޕާކިންގ ޖާގަ އެވެ. ގްރައުންޑް އަދި އެއްވަނަ ފްލޯ ގައި ހުންނާނީ ޝޮޕިން މޯލެކެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް