
މިހާ ގިނަ އެޑްވާންސް ޓިކެޓު އިންޑިއާ ތިއޭޓަރުތަކުން ވިއްކާފައިވާއިރު، އެވަޓާ އަޅުވަން އަދި ނުވަ ވަރަކަށް ދުވަސް އެބައޮތެވެ.
ފިލްމު މުޅި ދުނިޔޭގައި ރިލީޒް ކުރާނީ މި ހިނގާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ނަމަވެސް އަދި އެވަޓާ 2 އަށް އިންޑިއާގެ އެޑްވާންސްކޮށް ޓިކެޓް ވިއްކުމުގެ ރެކޯޑެއް މުގުރައެއް ނުލެވެއެވެ.
އެޑްވާންސް ކޮށް ޓިކެޓު ވިއްކުމުގެ ރެކޯޑު އިންޑިއާގައި އޮތީ 2009 ވަނަ އަހަރު ނެރުނު މާވެލްގެ "އެވެންޖާސް: އެންޑް ގޭމްސް" އަށެވެ. އެ ފިލްމަށް 65 ކަރޯޑު އިންޑިއަން ރުޕީޒް (119.6 މިލިއަން ރުފިޔާ) އެޑްވާންސް ކޮށް ޓިކެޓު ވިއްކައިގެން ހޯދާފައިވެއެވެ. އަދި މިދިޔަ އަހަރު ނެރުނު ސްޕައިޑާ މޭން ނޯވޭ ހޯމް އިން އެޑްވާންސް ކޮށް ޓިކެޓު ވިއްކައިގެން 47 ކަރޯޑު އިންޑިއަން ރުޕީޒް (87.8 މިލިއަން ރުފިޔާ) ހޯދާފައިވެއެވެ.
'އެވަޓާ: ވޭއޮފް ވޯޓާ' އިން މި ރެކޯޑުތައް މުގުރާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެ ފިލްމުގެ ޓިކެޓު ވިއްކަން ފެށި ދުވަހު އެކަނި ވެސް 4.8 ކަރޯޑު ރުޕީޒް (9.1 މިލިއަން ރުފިޔާ) ހޯދާފައިވާތީ އެވެ. އެވަޓާ ގެ އާ ފިލްމަށް ޓިކެޓު ވިއްކަން ފެށިތާ އަދި ވީ ދެ ދުވަހެވެ.