ads
ކަނޑުގަދަ ދުވަހެއް
ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނުގެ އަސަރު ރާއްޖެއަށް ކުރާނެ: މެޓް
ބޭ އޮފް ބޭންގާލްގައި އުފެދުނު ތޫފާން "މަންޑޫސް"ގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
Advertisement

މި ތޫފާނާއި ގުޅިގެން އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާ އަށް އަސަރު ކުރާނެ ކަމަށް ލަފާކޮށް އެ ދެގައުމުން ވެސް ވަނީ އެގައުމު ތަކުގެ ރައްޔިތުންނަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފަ އެވެ. 

މި ތޫފާނުގެ ސަބަބުން ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ގައުމު ތަކުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށާއި، ތޫފާނުގެ ސަބަބުން ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މި ހަފްތާ ތެރޭ ރާއްޖޭގެ މެދު ތެރެއާއި އުތުރުގެ ހިސާބުތަކަށް ވިއްސާރަ ކުރަން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ތޫފާނުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އެހެން ކަމުން ކަނޑުދަތު ކުރާ ފަރާތްތަކުން އެއ އިދާރާއިން ދޭ އިރުޝާދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. 

މި ތޫފާނު ދަތުރު ކުރަމުން ދަނީ، ގަޑިއަކި 46 މޭލު ބާރު މިނުގައި ކަމަށް، ތޫފާނު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

36%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް