ads
ފަޒްނާ އަހްމަދު އިއްޔެ ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތް
ތައިލެންޑްގެ ރާޖްނަކުލް އިންސްޓިޓިއުޓްގައި ދިވެހިން ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހީން، ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް މެންޓަލް ހެލްތްގެ ދަށުން ހިންގާ ރާޖްނަކުލް އިންސްޓިޓިއުޓުން ހިލޭ ތަމްރީން ކުރުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

އެގޮތަށް ހަމަޖެހިގެން ދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިއްޔެ ރާޖްނަކުލް އިންސްޓިޓިއުޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. 

މި ފުރުސަތު ދިވެހިންނަށް ފަހިވެގެން ދިއުމާއި އެކު، އަންނަ ޖަނަވަރީ މަހު ފެށޭ 'މެންޓަލް ހެލްތް ކެއާ އިން ޗިލްރެން އެންޑް އެޑޮލެސެންޓްސް' ޓްރެއިނިންގް ކޯހުގައި ތިން ދިވެހިން ބައިވެރި ކުރުމަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.

ރާޖްނަކުލް އިންސްޓިޓިއުޓަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްފަދައިން ގަދަރުވެރި ދިރިއުޅުމެއް އުޅުމަށް އެކި ހުނަރުތައް ދަސްކޮށްދީ ހިދުމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ. އަދި، މި ރޮނގުން ދިރާސާތައްކޮށް މި މަސައްކަތް ކުރުމަށް ތަމްރީން ޕްރޮގްރާމްތައް ރާޖްނަކުލް އިންސްޓިޓިއުޓްގައި އަންނަނީ ހިންގަމުންނެވެ.

ރައީސްގެ އަނބިކަނބަލުން މިހާރު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ ތައިލެންޑްގައި ކުރިއަށްދާ ތައި ސިލްކް ފެޝަން ވީކްގެ އޯގަނައިޒިން ކޮމިޓީއިން އެރުވި ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް