ads
ހުޅުމާލެ——
ހުޅުމާލޭގައި ވޭނަކުން ޖެހި ބަޔަކަށް އަނިޔާވެއްޖެ
ހުޅުމާލޭ ހޮސްޕިޓަލުގެ އެމްބިއުލާންސް އަކުން ޖެހި ބަޔަކަށް އަނިޔާވެއްޖެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި ހާދިސާ ހިނގީ ހުލުމާލޭ ހޮސްޕިޓަލް ގެ އެމެޖެންސީ ޓްރާންސްޕޯޓް ފަޅިން ނިކުތް ވޭނެއް ކޮންޓްރޯލް އިން ނެއްޓުމުގެ ސަބަބުން ކަމަށެވެ. 

ފުލުހުން އިތުރަށް ބުނީ، އެމްބިއުލާންސް ކޮންޓްރޯލް އިން ނެއްޓި ހުޅުމާލޭ ބޯގަންވިލާ މަގު ޕޭމަންޓު މަތީގައި ތިބި ތިން މީހެއްގެ ގައިގައި ޖެހުމަށްފަހު، ބޯގަންވިލާމަގާއި ވީ ފަޅިން 168 ނަންބަރު ފުލެޓުގެ އިރުމަތީ ފަރާތު ފާރު ކަނުގައި ޖެހިފައި ވާކަމަށެވެ. 

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިއަދު 15:40 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. މި ހާދިސާގެ ސަބަބުން އެމްބިއުލާންސް ދުއްވަން އިން މީހާ ހިމެނޭގޮތަށް ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައި ވާކަމަށާއި، އަނިޔާވެފައި ވަނީ، ތިން ދިވެހި ފިރިހެނަކާއި، ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

އެކްސިޑެންޓުވި ވެހިކަލް ދުއްވަން އިނީ އެއްގައުމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް