ads
މީގެ ކުރިން ހުޅުމާލޭގައި ބޭއްވި ދުވުމެއްގެ ތެރެއިން
ފައިސާގެ އިނާމާއި އެކު އެޗްޑީސީން ޓީމް ރަން ބާއްވަނީ
އަގުހުރު ފައިސާގެ އިނާމާ އެކު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ޓީމް ރަންގެ ނަމުގައި ދުވުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ސޮޕޯޓްސް ކޯޕަރޭޝަން އާއި އެޗްޑީސީ އިން ގުޅިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވުމަށް އެޗްޑީސީއިން ވަނީ އެދިފަ އެވެ. 

މި ދުވުމުގައި ބައިވެރިވެވޭނީ، ފަސް މީހުންގެ ޓީމަކަށެވެ. އެގޮތުން އަންހެން ފިރިހެން އެއްކޮށް ވެސް އަދި އަންހެން ފިރިހެން ވަކިން ވެސް ފަސް މީހުންގެ ޓީމު ހަދައިގެން މި ދުވުމުގައި ބައިވެރިވެވޭނެ އެވެ. 

އެގޮތުން މިކްސްޑް ޖެންޑާ އިން އެއް ވަނަ އަށް ދާ ޓީމަކަށް 10،000 ރުފިޔާ ފިރިހެނުންގެ ކެޓަގަރީން އެއް ވަނަ އަށް ދާ ޓީމަކަށް 10،000 ރުފިޔާ އަދި އަންހެނުންގެ ކެޓަގަރީން އެއް ވަނަ އަށް ދާ ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް އެޗްޑީސީއިން ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން ކޮންމެ ކެޓަގަރީއަކުން ދެ ވަނަ އަދި ތިން ވަނަ އަށް ދާ ޓީމު ތަކަށް އަގު ހުރި ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން 100 ރުފިޔާ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ޖެހެ އެވެ. މި ދުވުމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އިވެންޓް ހޮޓްލައިން ނަންބަރު 7976725 އަށް ގުޅުމަށް އެޗްޑީސީއިން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް