ads
އެސްޓީއޯ ސްޓާފް އެވޯޑްސް
މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ފުރަތަމަ ފަހަރަށް އެސްޓީއޯ ސްޓާފް އެވޯޑްސް ބާއްވައިފި
އެސްޓީއޯ އިން އެކުންފުނީގެ މުވައްޒަފުން ކުންފުންޏަށް ކޮށްދެމުން އަންނަ އަގުހުރު މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސްޓާފް އެވޯޑްސް ބާއްވައިފި އެވެ.
Advertisement

ރޭ ދަރުބާރުގޭގައި ބޭއްވުނު މި އެވޯޑް ނައިޓް އަކީ، އެސްޓީއޯގެ ދިގު ތާރީހުގައި ސްޓާފް އެވޯޑްގެ ނަމުގައި ބޭއްވުނު މިފަދަ ފުރަތަމަ ހަފްލާ އެވެ. 

އެސްޓީއޯ ސްޓާފް އެވޯޑްސް އަކީ ކުންފުނީގެ ކުރިއެރުމަށް ބާރުފޯރުވައިދޭ މުވައްޒަފުންގެ ހުނަރާއި މަސައްކަތަށް ހައްގު ޝަރަފެއް ދިނުމަށް ކުރިއަށް ގެންދާ ހަފްލާއެއް ކަމަށާއި، އެސްޓީއޯ ސްޓާފް އެވޯޑްސްއަށް ބޭނުން މުވައްޒަފެއްގެ ނަން ހުށަހެޅުމަށް އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ފުރުސަތު ދެވުނު ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

your imageއެސްޓީއޯ ސްޓާފް އެވޯޑްސް

އެވޯޑުތައް ދިނުމުގެ ޝަރުތުތަކުގެ ގޮތުގައި ބަލާފައިވާ މިންގަނޑުތަކަކީ، ނޮމިނޭޓްވާ މުވައްޒަފަކީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުންފުންޏަށް ހިދުމަތް ކޮށްފައިވާ މުވައްޒަފަކަށް ވުމެވެ. 

މީގެ އިތުރުން ނަން ހުށަހަޅާ ތާރީހުގައި، އެ މުވައްޒަފަކީ، ކުންފުނީގެ ފުލްޓައިމް މުވައްޒަފަކަށް ވާންޖެހޭ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

އެސްޓީއޯ ސްޓާފް އެވޯޑްގައި ދެވުނު އެވޯޑްތަކުގެ މައުލޫމާތު:

  • ބްރިލިއަންސް އެވޯޑް: މި އެވޯޑު ހާއްސަކުރެވިފައިވަނީ ކަނޑައެޅިފައިވާ މުއްދަތެއްގައި ބައިނަލްއަގުވާމީ މުބާރާތެއް ނުވަތަ މައުރަޒެއްގައި ދިވެހިރާއްޖެ ތަމްސީލްކޮށް ގޯލްޑް، ސިލްވާ ނުވަތަ ބްރޮންޒް މެޑަލް ހާސީލްކޮށްފައިވާ މުވައްޒަފުންނަށް. މި އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލެވުނު މުއްދަތުގައި ޝަރުތުހަމަވާ، އެއްވެސް ނޮމިނޭޝަންއެއް ލިބިފައެއްނުވޭ. 
  • އެޑިއުކޭޝަނަލް އެޗީވްމަންޓް އެވޯޑް: މި އެވޯޑު ހާއްސަކުރެވިފައިވަނީ ކަނޑައެޅިފައިވާ މުއްދަތެއްގައި މަތީ ސާނަވީ އިމްތިހާނުން ގައުމީ ފެންވަރުގައި އެއ ވަނަ ހާސިލްކޮށްފައިވާ، ނުވަތަ މަތީ ސާނަވީ އިމްތިހާނުގެ މާއްދާއަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލްކޮށްފައިވާ ނުވަތަ އެމްކިއުއޭ ލެވެލް ފަސް ނުވަތަ އެއަށްވުރެ މަތީ ކޯހަކުން އެއް ވަަނަ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް.

your imageއެސްޓީއޯ ސްޓާފް އެވޯޑްސް

  • އައުޓްސްޓޭންޑިން އިނޮވޭޓާ އެވޯޑް: މި އެވޯޑު ހާއްސަ ކުރެވިފައިވަނީ މަސައްކަތުގެ ޕްރޮސެސްތައް މިހާރަށްވުރެ އަވަސްކޮށް، އިތުރަށް ހަރުދަނާކޮށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެހެން ލެވެލްއަކަށް ގެނައުމަށް އާ ހިޔާލު ބޭނުންކޮށްގެން އާ އީޖާދެއްކޮށްފައިވާ މުވައްޒަފުންނަށް. 
  • ގޮޓް ދެޓް އެކްސްޓްރާ މައިލް: މި އެވޯޑު ހާއްސަ ކުރެވިފައިވަނީ ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތުގެ އިތުރުން ކުންފުނީގެ އެކިއެކި ކަންކަމުގައި ނުވަތަ މަސައްކަތްކުރުމަށް އަބަދުވެސް އަމިއްލައަށް އިސްނަގައިގެން އެހީތެރިކަން ފޯރުކޮށްދޭ ލާމަސީލު މުވައްޒަފުންނަށް. 
  • ޓީމް ޕްލޭޔާ އެވޯޑް: މި އެވޯޑު ހާއްސަ ކުރެވިފައިވަނީ އެކުގައި މަސައްކަތްކުރާ ޓީމާއި ކުންފުނީގެ އެކި ޓީމުތަކާއި އެކުގައި އޮންނަ މަސައްކަތްކުރުމުގެ ރޫހު އެންމެ ރަނގަޅަށް ދަމަހައްޓާ މުވައްޒަފަކަށް. 
  • ސާވިސް އެކްސަލަންސް އެވޯޑް: މި އެވޯޑު ހާއްސަކުރެވިފައިވަނީ ކުންފުނީގެ އެކި ކްލަޔަންޓުން، ސްޓޭކްހޯލްޑަރުން އަދި ސަޕްލަޔަރުންނަށް ހިދުމަތްދިނުމުގައި އެންމެ ގާބިލް މުވައްޒަަފަކަށް. 

your imageއެސްޓީއޯ ސްޓާފް އެވޯޑްސް

  • ސޭލްސް ފްރަންޓް ރަނާ އެވޯޑް: މި އެވޯޑް ހާއްސަ ކުރެވިފައިވަނީ ކުންފުނީގެ ސޭލްސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ސޭލްސް ކުރިއަރުވައި ކުންފުނި އެހެން ހަރުފަތަކަށް ގެންދަން މަސައްކަތްކުރާ މުވައްޒަފަކަށް. 
  • ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް: މި އެވޯޑް ހާއްސަ ކުރެވިފައިވަނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމްސްތަކުގައި ކުންފުނި ޕްރޮމޯޓްކުރުމުގައި ލާމަސީލު މުވައްޒަފަކަށް. 
  • ހައިޕާ ހެލްޕާ އެވޯޑް: މި އެވޯޑް ހާއްސަ ކުރެވިފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުޖުތަމައުއަށް އެފަރާތުގެ އަމަލުން ފައިދާހުރި ކަންތައް ކޮއްދީފައިވާ މުވައްޒަފުންނަށް. މިއެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލެވުނު މުއްދަތުގައި ޝަރުތުހަމަވާ، އެއްވެސް ނޮމިނޭޝަންއެއް ލިބިފައެއްނުވޭ. 
  • ސްޕޯޓްސް ސްޓާ އެވޯޑް: މި އެވޯޑް ހާއްސަކުރެވިފައިވަނީ ކުންފުނިން ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ތަފާތު ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ އަދި ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުޅިވަރު ކުޅޭ މުވައްޒަފަކަށް. 
  • އެމްޕްލޯއީ ޗޮއިސް އެވޯޑް: މި އެވޯޑް ހާއްސަ ކުރެވިފައިވަނީ މުވައްޒަފުންގެ ތެރޭގައި ހުރިހާ ގޮތަކުންވެސް މަގުބޫލުކަމަށް ވޯޓެއްނެގި އެންމެގިނަ ވޯޓް އެ މުވައްޒަފަކަށް ލިބިފައިވާ މުވައްޒަފަކަށް. 

your imageއެސްޓީއޯ ސްޓާފް އެވޯޑްސް

އެވޯޑުތަކަށް މުވައްޒަފުން ނޮމިނޭޓްކުރުން ކުރިއަށް ގެންދެވުނީ ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ކަމަށާއި، ނޮމިނޭޝަންއަށް ހުޅުވާލެވުނު މުއްދަތުގައި 598 ނޮމިނޭޝަން ލިބިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ މުވައްޒަފުންގެ ނަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިކަމަށް ހާއްސަކޮށް އެކުލަވާލެވުނު ފަސް މެމްބަރުންގެ ކޮމިޓީއަކުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް