އެމްޓީސީސީއިން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަމީނީމަގު ބަސް ރޫޓުން ދެ ބަސް ހުއްޓި މަދުކޮށް، އޯކިޑް ބަސް ރޫޓަށް ހަތަރު ބަސް ހުއްޓި އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އާ ރޫޓްތަކުގެ ތެރޭގައި
އެމްޓީސީސީއިން ބުނީ، މި ބަދަލު މާދަމާ އިން ފެށިގެން ގެނައުމަށް ނިންމާފައި ވާކަމަށައި، މިކަމުގެ ސަބަބުން ބަހުގެ ހިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް އިތުރު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ.
އުނިކުރި ބަސް ހުއްޓިތަކަކީ:
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެމްޓީސީސީއިން މާލޭގައި މިނީ ބަހުގެ ހިދުމަތް ދެމުން އަންނަ އިރު އެ ކުންފުނިން އަންނަނީ ކޮންމެ ދުވަހަކުވެސް ހެނދުނު 05:45 އިން ފެށިގެން ރޭ ގަނޑު 12:15 އާއި ހަމައަށް ބަހުގެ ހިދުމަތް ދެމުންނެވެ.
އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު އެވްރެޖް ކޮށް ކޮންމެ ދުވަހު ބަހުގެ ހިދުމަތް 5000 ވަރަކަށް މީހުން ހޯދަ އެވެ.