ads
ޖަލަށް ވަގަށް ވައްދަން އުޅުނު ފައިވާން
ފައިވާނެއްގައި ޖަލަށް ފޯނެއް ވައްދަން އުޅެނިކޮށް ފަޅައަރައިފި
ފައިވާނެއް ކަފާލައިގެން، އޭގެ ތެރޭގައި ފޮރުވައިގެން ޖަލަށް ފޯނެއް ވައްދަން މަސައްކަތް ކުރަނިކޮށް ފަޅާއަރައިފިއެވެ.

މިކަން ހާމަ ކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ފޮޓޯއަކާއެކު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިކަން ހިނގާފައިވަނީ ބަންދު ޖެހުމަށް ކޯޓަށް ގެންދިއުމަށް ފަހު، އަނބުރާ ގެނައިރު އެހެން މީހަކާ ފައިވާން ބަދަލުކޮށްގެން ކަމަށެވެ. ފައިވާނުގެ ދަށްފުށުގައި ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރައްކާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލަށް ވަގަށް ފޯނެއް ވައްދަން އުޅުނުކަން މި ފަޅާއެރީ، މިދިޔަ ހަފްތާ ތެރޭގައި ސިފައިންނާއި ފުލުހުން މިކަންކަން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނިކޮށެވެ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތިވެސް ޖަލުން ފެނިފައިވެއެވެ.  

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް