ads
ރޮނާލްޑޯ
ރޮނާލްޑޯއާ ހެދި މުޅި ޕޯޗުގަލް ޓީމުތެރެ ފަނިވެއްޖެ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ހެދި އަނެއްކާވެސް ޕޯޗުގަލްގެ މުޅި ޓީމު ތެރެ މައްސަލަގަނޑެއް އުފެދިއްޖެ ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
Advertisement

މި ފަހަރުގެ ވޯލްޑްކަޕަށް ޕޯޗުފަލް ޓީމު ދިޔައިރުން ފެށިގެން ކަހަލަ ގޮތަކަށް ރޮނާލްޑޯއާ ގުޅޭ އެކި މައްސަލަތަކުގެ ތެރޭގައެވެ. މި ފަހަރު މައްސަލަ ޖެހުނީ، ރޮނާލްޑޯ އޭނާގެ ޕާސަނަލް މެނޭޖަރު ޕޯޗުގަލް ޓީމުގެ ކޭމްޕަަށް ގެނައުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މީގެ ކުރިން ޕޯޗުގަލް ދެވަނަ ބުރުގައި ކުޅުނު މެޗުގައި ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައިގެން އޭނާ އެކަމާ ބޮޑާހާކާ ގަތަރުން ފުރައިގެން ދާން އުޅުނު ކަމަށްވެސް ބައެއް ރިޕޯޓްތައް ބުންޏެވެ. އެހެންނަމަވެސް ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ފަހުންވަނީ އެކަން ދޮގުކޮށްފައެވެ. 

ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައި އޭނާގެ ބަދަލުގައި ކުޅެން އެރުވި ރާމޯސްވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ރޮނާލްޑޯއަށް އަދި މުބާރާތުގައި ޖެހުނީ އެންމެ ލަނޑެކެވެ. އެވެސް ޕެނަލްޓީއަކުންނެވެ. އެހެންނަމަވެސް އެ ލަނޑާއެކު އޭނާވަނީ ފަސް ވޯލްޑްކަޕުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާއަށް ވެފައެވެ.

ޕޯޗުގަލް ޓީމު ގަތަރުގައި ތިއްބާ ރޮނާލްޑޯގެ މައްސަލަ އެންމެ ފުރަތަމަ މީޑިއާއަށް ތިލަވީ، މުބާރާތަށް އައުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ގޮތުން ދިން އިންޓަވިޔުއަކާ ގުޅިގެން ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓް ބާތިލު ކުރި ހިސާބުންނެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލްުގައި ޕޯޗުގަލް މާދަމާރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭއިރު ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސްވިޓްޒަލަންޑާ ޕޯޗުގަލް ދެވަނަ ބުރުގައި ކުޅުނު މެޗުގެ ކުރިން ޕޯޗުގަލްގެ ނޫހަކުންވަނީ ރޮނާލްޑޯ ޓީމުގައި ހިމަނާނެތޯ ބެލުމަށް ވޯޓެއް ނަގާފައެވެ. އެ ވޯޓުގައި 70 ޕަސެންޓް މީހުން ބުނެފައިވަނީ ރޮނާލްޑޯ ޓީމުގައި ހިމަނަން ނުފެންނަ ކަމަށެވެ. 

43%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް