ads
ނިލަންދޫ ޓީމު ދިވެހި ލީގުގައި ކުޅުނު އިރު
އަންނަ އަހަރުގެ ގޯލްޑްކަޕަށް ޓީމުތައް ތައްޔާރުވާން ފަށައިފި
އަންނަ އަހަރުގެ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ޓީމުތައް ތައްޔާރުވާން ފަށައިފިއެވެ.
Advertisement

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކެނޑިފައިވަނިކޮށް، އަމިއްލަ ފަރާތަކުން އިންތިޒާމު ކުރި ގޯލްޑްކަޕާއެކު ފުޓްބޯޅައިގެ ފޯރިވަނީ ގަދަވެފައެވެ. މި އަހަރުގެ މުބާރާތް 17 ޓީމާއެކު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އަންނަ އަހަރަށް ބައެއް ޓީމުތަކުން މިހާރުވެސް ތައްޔާރުވާން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަހަރު ކުޅުނު ހުރިހާ ޓީމަކަށް އަންނަ އަހަރު ފުރުސަތު ދޭނެއެވެ. އަދި އިތުރު ބައެއް ޓީމުތަކަށްވެސް އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ދޭނެއެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ފުރަތަމަ ހުށަހެޅި، އެހެންނަމަވެސް ފަހުން ނަން ނެގި ފ. ނިލަންދޫ ޓީމުން މިހާރު އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރުމުގެ ޝައުގުވެރިކަންވަނީ ފާޅުކޮށްފައެވެ. އެ ރަށަށް ނިސްބަތްވާ، ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުނު އަދި މިހާރު ކޯޗިންގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ފަރުހާދު އިސްމާއިލްވަނީ އަންނަ އަހަރުގެ ގޯލްޑް ކަޕަށް ނިލަންދޫން ތައްޔާރުވާނެ ކަމަށް ބުނެފައެވެ.

ގޯލްޑްކަޕުގެ ފޯރިއާއެކު، ރާއްޖޭގެ ފުޓްބޯޅަ ކުޅޭ ސިސްޓަމް ބަދަލު ކުރަން ޖެހޭކަން ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ގައުމީ ލީގު ޕްރައިވެޓައިޒް ކުރުމަށް ފަހު ލީގު ހިންގުމުގެ ހުރިހާ ރައިޓްސްއެއް ހިންގާ ފަރާތްތަށް ދިނުން މުހިއްމެވެ.

މިއީ އެފްއޭއެމްގެ ހިންގުމުގައި ހުރިހާ ޒޯނެއް ނުވަތަ ސަރަހައްދެއް ބައިވެރި ކުރެވޭނެ ނިޒާމެއް އުފަން ކުރުވަންވީ ވަގުތު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ލީގުގައި ވެސް ކޮންމެ ވެސް ދުވަހަކުން ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅެވޭނެ ދުވަހެއް އަންނަން ޖެހޭ ކަމަށް، ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމުގެ ކެޕްޓަން، އިޝާން އިބްރާހިމް (ސައްޓު) ވެސްވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް