ads
ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުން.
އަމާޒު ކުރި އަދަދަށް ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި
އެންމެ ގޯސް ހާލަތުގައި ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް މިއަހަރުގެ ބަޖެޓުގައި އަންދާޒާ ކުރި އަދަދަށް ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައި ވާ ގޮތުން މި މަހުގެ ހަތް ވަނަ ދުވަހަށް 1،564،918 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެންމެ ގޯސް ހާލަތުގައި ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައި ވަނީ 1،520،060 ފަތުރުވެރިންނެވެ. 

މެދު މިންގަނޑުގެ ހާލަތުގައި 1،632،432 ފަތުރުވެރިން އަދި އެންމެ ރަނގަޅު ހާލަތުގައި 1،835،047 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާ ކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 14.2 އިންސައްތަ، 216،387 ފަތުރުވެރިންނަކީ އިންޑިއާ ފަތުރުވެރިންނެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި ގައުމަކީ ވެސް އެއީ އެވެ. ދެ ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 12.2 އިންސައްތަ، 186،114 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ. ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރީ އިނގިރޭސިވިލާތުން ނެވެ. އެ ގައުމުން 10.8 އިންސައްތަ، 164،973 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވެއެވެ.

ތަފާސް ހިސާބުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ރިސޯޓް/މެރީނާސް ގެ ގޮތުގައި 167 ތަނެއްގައި 40،835 އެނދު ދަނީ ބޭނުން ކުރަމުންނެވެ. ހޮޓެލްސް/ގެސްޓްހައުސް ގެ ގޮތުގައި 876 ތަނެއްގައި 15،744 އެނދު ބޭނުން ކުރަމުންދާއިރު، 158 ސަފާރީއެއްގައި 2،918 އެނދު ދަނީ ބޭނުންކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް