ads
ނޮޅިވަރަމް
ނޮޅިވަރަމްގައި ޒުވާން އަންހެނެއްގެ ކުއްލި މަރު، ތަފާތު ވާހަކަތަކެއް!
ހދ. ނޮޅިވަރަމްގައި އުމުރުން 28 އަހަރުގެ އަންހެނެއްގެ ކުއްލި މަރާއިއެކު އޭނާ މަރާލީ ކަމަށް ވާހަކަތަށް ދަނީ ދެކެވެމުން ނެވެ. މިކަން އަދި ފުލުހުން ކަށަވަރުކޮށްދީފައި ނުވާއިރު، މާބޮޑު ތަފްސީލެއްވެސް ހިއްސާއެއް ނުކުރެ އެވެ.
Advertisement

ފުލުހުން ބުނިގޮތުން މިއަދު މެންދުރު 12:30 ހާއިރު، ފުލުހުންނަށް ރިޕޯޓު ލިބުނީ، މީހަކު މަރާލައިގެން އުޅޭ ކަމަށެވެ. ފުލުހުން ސީން އަށް އެޓެންޑުވެ ”ހޭނެތިފައިވާ މީހަކު“ އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައި ވެއެވެ. 

އޭނާ ހެލްތު ސެންޓަރަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުންޏެވެ. އޭނާ މަރާލިކަމުގެ ތުހުމަތު ބައެއް މީހުން ކުރަނީ އަންހެންމީހާގެ ފިރިމީހާ އަށެވެ. 

”ސީއެންއެމް“ އަށް އެރަށު ކައުންސިލުން މައުލޫމާތު ދިންގޮތުގައި، އަންހެންމީހާ މަރުވި ކަމަށް ބެލެވެނީ ކުއްލި ގުދުރަތީ މަރަކުން ނެވެ. 

އަންހެންމީހާ މަރުވެފައި އޮއްވާ ފެނުނީ، އޭނާގެ ކޮޓަރި ނުހުޅުވައިގެން ބެލިބެލުމުން ކަމަށާއި، ހަރަކާތް ނެތުމުން އެރަށު ހެލްތު ސެންޓަރަށް ގެންދިއުމުން އޭނާ މަރުވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށް ކައުންސިލުން ބުންޏެވެ.

”އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން އޭނާ މަރާލީ ކަމެއް އެގިފައެއް ނެތް އަދި. ގުދުރަތީ މަރަކަށްވުންވެސް އެކަށީގެންވޭ. އެކަމަކު މަރާލީ އޭ ނުވަތަ ނޫނޭ، އެޔަށް އަޅުގަނޑަށް ނޭނގެ އެއްޗެއް ބުނާކަށް، “ ބަލިވެ ޑޮޮކްޓަރަށް ދެއްކުމަށް މިވަގުތު މާލޭގައި ހުންނެވި ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވި އެެވެ.

މޫސާ ވިދާޅުވިގޮތުން އޭނާއަށް މިހާތަނަށް ލިބުނު މައުލޫމާތުން ހަށިގަނޑުގައި އެއްވެސް އަނިޔާއެއްގެ ނިޝާނެއް ހުރިކަން އެގިފައެއް ނުވެ އެވެ. ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިގެން އެކަން ބަލަމުންދާ ކަންވެސް އެގިފައެއް ނުވެ އެވެ. 

އަންހެންމީހާ ފެނުނުއިރު އެއްވެސް ޒަހަމެއް ހަށިގަނޑުން ފެނިފައިވޭތޯ ފުލުހުންނާއި ސުވާލުކުރުމުން ފުލުހުން އެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ. 

އަންހެންމީހާގެ މަރުގެ ތުހުމަތު ފިރިމީހާއަށް ކުރާއިރު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ބައެއް މީހުންނާއި ހަވާލާދީ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުން ނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުންވެސް ފުލުހުންގެ ސާފު ޖަވާބެއް އަދި ނުލިބެއެވެ. 

ފިރިހެންމީހާ އާއި ގުޅޭގޮތުން ކައުންސިލުގެ ރައީސް ވިދާޅުވީ، އެކަން ހިނގިއިރު ފިރިހެންމީހާ ހުރީ ކުޅުދުއްފުށީގައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިގެން، ކަމެއް ހިނގައިގެންވެސް މީގެ ކުރިން މައްސަލައެއް ކައުންސިލާއި ހަމަޔަށް އައިސްފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިވަގުތު ހުންނެވީ ރަށުގައި ނޫންކަމުން މާބޮޑަށް އެކަމާއި ވާހަކަދައްކަން ނޭނގޭކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. 

36%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް