ads
އައި-ޕްލޭހައުސްއެމްވީ
އައި ޕްލޭހައުސް: ކުޑަކުދިންނަށް މަޖާ ރައްކާތެރި މާހައުލެއް
މާލޭގެ ތޮއްޖެހުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ އެއް ބަޔަކީ އަޅުގަނޑުމެންގެ ކުޑަ ކުދިންނެވެ. ތޮއްޖެހުމުގެ ސަބަބުން އެ ކުދިންނަށް ހެލިފެލިވެ އުޅުމާއި, ކުޅިވަރު ކުޅުން ފަދަ ކަންކަމުން ވަރަށް ބޮޑަށް މަހުރޫމްވެގެން ދެއެވެ.

ތޮއްޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން 'އައި ޕްލޭ ހައުސް' ގެ ނަމުގައި މާލޭގައި އާންމު ބަޔަކު ވަނީ އިންޑޯކޮށް ކުޅިވަރު ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައެވެ.

މި ތަނަކީ ދޮޅު އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ތަނެއްކަމަށް 'އައި ޕްލޭހައުސް އިން ބުނެއެވެ.

ޕްލޭ ހައުސްގެ ބޭނުމަކީ ބެލެނިވެރިންނާއި ކުޑަކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ މާހައުލެއް ބިނާކުރުމެވެ.

your imageއައި ޕްލޭހައުސް:

'އައި ޕްލޭ ހައުސް' ގައި ވަރަށް ބޮޑެތި އެޑްވާންޓޭޖްތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން އެ ތަނަކީ ގްރައުންޑް ފްލޯގައި ހުންނަތަނެއް ކަމުން މީހުންނަށް ވަދެ ނުކުމެ ހަދަން ވެސް ފަސޭހަ ވާނެއެވެ. މީގެ އިތުރުން ބޭބީ ސިޓް ކުރުން ނުވަތަ ކުދިން ބަލަހައްޓައި ދިނުމުގެ ހިދުމަތް ވެސް މި ޕްލޭ ހައުސް އިން ފޯރުކޮށްދެއެވެ. އެގޮތުން ބިޒީ ޝެޑިއުލްތަކުގައި އުޅޭ މީހުންނަށް އައި ޕްލޭހައުސް އަކީ އެމީހުންގެ ދަރިން ބެލެހެއްޓުމަށް ހަވާލުކުރެވޭނެ މަޖާ މާހައުލަކަށް ވާނެއެވެ.

your imageއައި ޕްލޭ ހައުސް

މި ތަން ހުޅުވިފައި ހުންނަނީ ބުރާސްފަތި، ހޮނިހިރުގައި ހެނދުނު 09:00 އިން ރޭގަނޑު 20:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދިމެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ. ހަފްތާގެ އެހެނިހެން ދުވަސް ދުވަހު ހެނދުނު 09:00 އިން އިރު އޮއްސި 18:00 އަށެވެ.

ދަރިންނާއެކު ކުޅެލާ މަޖާވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ބެލެނިވެރިންނަށް ވެސް އައިޕްލޭ ހައުސް ގައި އިތުރު ފީއަކާ ނުލައި ކުޅެލައި މަޖާކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މަހުފީއަކަށް ނުވަތަ ބޭނުވާ ގަޑިއަކަށް ވަކިން ވެސް ޕެކޭޖެއް ނެގިދާނެއެވެ. އަދި މި ޕްކޭޖު ހެދުމަށް ކުރިއާލައި ބުކިން ހައްދާކަށް ނުޖެހޭނެއެވެ.

your imageޕްރައިވެޓް އިވެންޓްތަކަށް އައި-ޕްލޭހައުސްއެމްވީ ގެ ޕްލޭ ގްރައުންޑް ދަނީ ދޫކުރަމުން. ފޮޓޯ:އައި-ޕްލޭހައުސްއެމްވީ

ތަފާތު ޕާޓީތައް ފަދަ ކުޑާކުދިންނާ ގުޅުން ހުރި އިވެންތައް ބޭއްވުމަށް ވެސް އައި ޕްލޭ ހައުސް ބުކް ކުރެވެއެވެ.

އުމުރު ފުރާތަކަށް ބަހާލައިގެން ކުދިންނަށް ތަފާތުއެކި ކްލާސްތައް އައި-ޕްލޭހައުސްއެމްވީގައި ހިންގައެވެ. މި ކްލާސްތަކުން ލިޔަން ކިޔަން ދަސްކޮށްދިނުމާދޭހަވުމާއި،ހިސާބާއި،އާޓް، އެކަކު އަނެކަކާއި މުއާމަލާތް ކުރުމާއި، ހެލިފެލިވެއުޅުމާއި އަދި މި ނޫން ވެސް ދަރިވަރުންގެ މެދުގައި އިލްމީ ގާބިލިއްޔަތުކަން އިތުރުކޮށް ހުނަރު ތަރައްގީކުރުން ހިމެނެއެވެ.

your imageއައި-ޕްލޭހައުސްއެމްވީން ހަފުތާގެ ހުރިހާ ދުވަހެއްގައި ޚިދުމަތްދޭ. ފޮޓޯ:އައި-ޕްލޭހައުސްއެމްވީ

ސްކޫލު ބަންދުތަކާއި ދިމާކޮށް އަބަދަވެސް މި ޕްލޭހައުސް އިން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މައުލޫމަތު ސާފުކުރުމަށް ނުވަތަ މި ޕްލޭ ހައުސްގައި ރެޖިސްޓަރީވުމަށް ޕްލޭހައުސްއެމްވީގެ އިންސްޓަގްރާމް، ފޭސްބުކް އަދިހޮޓްލައިން 7754563 އަށް މެސެޖްކުރެވޭނެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް