އޭނާގެ ލޯބީގެ ހަޔާތުގެ ސަފްހާތަކާމެދު ބޮލީވުޑަށް ސަޕޯޓުކުރާ ގިނަ މީހުން ޝައުގުވެރިވަނީ ކެޓްރީނާ ކައިފުން ފެށިގެން ގޮސް އައިޝްވާރިއާ ރާއީ ފަދަ އެހެން ތަރިންނާއިވެސް ސަލްމާން ހާން ޑޭޓްކޮށްފައިވާތީއެވެ.
ނަމަވެސް އޭނާގެ ފޭނުން މިވަނީ ސަލްމާންގެ ހަޔާތުގެ މުޅިން އައުވާހަކައެއް ފެންމަތިކޮށްފައެވެ. އެއީ ސަލްމާން އެންމެ ފަހުން ކުޅުނު ފިލްމު "ކިސީކީ ޖާން ކިސީކީ ބާއީ" ފިލްމުގެ ކޯ ސްޓާ ޕޫޖާ ހެގްޑޭ އާއި ހިތާވެފައިވާވާހަކައެވެ.
"ކިސީކީ ޖާން ކިސީ ބާއީ" ނެރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު އެވެ.
ލޯބީގެ ގުޅުމުގެ ވާހަކަ މި ދެ ތަރިން އާންމު ނުކުރި ނަމަވެސް އެމީހުންގެ ވާހަކަ އަންނަނީ ނޫސްތަކާއި މީސްމީޑިއާގައި މަޑުމަޑުން ފާޅުވަމުންނެވެ.
ސަލްމާން އާއި ޕޫޖާ އާއި ދެމީހުން ކައިވެނިކުރަން އުޅޭކަމަށް ވެސް އަޑުތައް ފެތުރުނުނަމަވެސް ސަލްމާންގެ ބައެއް ފޭނުން ދޭކޭ ގޮތުން "ސަލްމާން ދުވަހަކު ވެސް މީހަކާ ނީންނާނެ" އެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ވަރުގަދަ ސެކުއިރިޓީ އެއްވެސް އިންޑިއާ ސަރުކާރުން މިވަގުތު ދެމުން ގެންދަނީ ސަލްމާން ހާން އަށެވެ.
މިހާރު ސަލްމާން ހާން އަށް ދެމުން ގެންދަނީ "ވައި ޕްލަސް" ސެކިއުރިޓީއެކެވެ.
މިއީ އެގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން ފަދަ ބޭފުޅުންނަށް ވެސް ދޭ ފެންވަރުގެ ސެކިއުރިޓީއެކެވެ.
ސަލްމާން ހާން އަށް ވަނީ ބިޝޯއީ ކިޔާ ގުންޑާއެއް ދާދި ފަހުން މަރުގެ އިންޒާރު ދީފައެވެ. އޭނާއަށް އިންޒާރު ދިން މީހާއަކީ އިންޑިއާގެ ލަވަ ކިޔުންތެރިއާ މޫސޭ ވާލާ ވެސް މަރައިލި ގޭންގުގެ އިސްކޮށް ހަރަކާތްތެރިވާ ގުންޑާއެކެވެ.