ads
އަހްމަދު ނިހާން ހުސައިން މަނިކު
ނިހާނުގެ ހެއްކަކަށް ރައީސް ސޯލިހު ބަލައިނުގަތުމުން ހައިކޯޓަށް
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި، ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް ހިމެނޭ ގޮތުން ބައެއް ހެކި ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.
Advertisement

ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު ނިހާންގެ ފަރާތުން ހުށަހެޅި މައްސަލަ ހައިކޯޓުގައި ފަށާނީ މާދަމާ ހެނދުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ހިމެނެއެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ އިތުރުން ނިހާނު ދެން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް،  ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނެއެވެ.

ނިހާނުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި އެބޭފުޅުންގެ ނަން ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ 18 ވަނަ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ކުރެއްވި ދުވަސްވަރާ ގުޅޭ ދައުވާތަކަކަށްވާތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުން އަދާކުރެއްވި ދައުރާބެހޭ ކަންކަން އޮޅުންފިލުވައި ދިނުމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް