މައުލޫމާތު ލިބިފައިވާގޮތުގައި ވަޅުގަނޑެއްތެރޭ ތާށިވެ އަނިޔާވެފައިވަނީ، ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދަނިކޮށް ފެނަކަ ހިތަދޫ ބްރާންޗުގައި މަސައްކަތްކުރާ ދިވެހި ދެ މުވައްޒަފަކަށެވެ.
އެމީހުން ތާށިވީ، ކޮންނަމުންދިޔަ އެވަޅުގަނޑުގެ އެތެރޭގައި އެމީހުން ތިއްބައި ވަޅުގަނޑުގެ އެއްފަޅި ކަނޑައިގެން ގޮސް ފަސް އެޅުމުގެ ސަބަބުން ކަމަށް ވެއެވެ. އޭގެތެރެއިން އަނިޔާވި ދެމީހުންނަށް މިހާރު ފަރުވާދެމުންދާއިރު، އެކެއްގެ މޭކަށިގަނޑަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވެއެވެ.
އަނިޔާވި ދެވަނަ މީހާއަށް ވޯޑުގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާއި ގުޅިގެން ހިތަދޫ ކައުންސިލުގެ އަދި ހިތަދޫ ފެނަކަ ބްރާންޗުގެ ބަހެއް އަދި ނުލިބެ އެވެ.