އުމުރުން 37 އަހަރުގެ ދަގަނޑޭ، ރަސްމީ މެޗެއްގައި އެންމެ ފަހުން ކުޅުނީ މިދިޔަ ސީޒަންގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައެވެ. މާޒިޔާއާ ވެލެންސިޔާ ކުޅުނު މި މެޗުން ވެލެންސިޔާ ބަލިވިއިރު ދަގަނޑޭ އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން މިދިޔަ ފުޓްބޯޅަ ސީޒަންގެ އެންމެ މެޗެއްގައިވެސް ދަގަނޑޭ ނުކުޅެއެވެ.
ދަގަނޑޭއާއެކު ގައުމީ ޓީމު ރޭ ފުރީ މެލޭޝިޔާގައި ކުޅޭ އެކުވެރިކަމުގެ ދެ މެޗަށެވެ. އެއީ މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށް ކުޅޭ ދެމެޗަށެވެ. މި މެޗުތައް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އަދި އަންނަ ބުދަ ދުވަހުއެވެ.
މުޅި ސީޒަންގައި ނުކުޅެ ހުރި ދަނގަޑޭ ގައުމީ ޓީމަށް ނެގީ ކީއްވެގެން ކަމެއް ނޭނގެއެވެ. ދަހަނޑޭ ގައުމީ ޓީމާއެކު ރޭ ފުރިއިރު، ގައުމީ ޓީމަށް އެންމެ ފަހުން އޭނާ ކުޅުނީ 2021 ވަނަ އަހަރު ފަހުކޮޅު ލަންކާގައި އޮތް މުބާރާތެއްގައެވެ.