ads
ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު--
މެންބަރުން ހަމަނުވުމުން ޑީއާރުޕީ އުވާލަނީ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ތިން ހާސް މެމްބަރުން ހަމަ ކުރުމަށް ދިން މުއްދަތުގެ ތެރޭ އެ ޕާޓީއަށް އެއަދަދަށް މެމްބަރުން ހަމަ ނުކުރެވުމުން، އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ އަދަދަކަށް ގޮނޑި ކާމިޔާބު ކުރި ޑީއާރުޕީ އަކީ، 2011 ވަނަ އަހަރާއި ހަމައަށް އެންމެ ގިނަ އަދަދެއްގެ މެމްބަރުންވެސް ތިބި ޕާޓީ އެވެ. 

އެހެން ނަމަވެސް އޭގެ ފަހުން އެ ޕާޓީ ތެރޭ އުފެދިގެން ދިޔަ މައްސަލަ ތަކާއި ގުޅިގެން ޕާޓީ ވިއްސިވިހާލިވެގެން ގޮސް، ޕާޓީއިން މެމްބަރުންވެސް ވަނީ ވަކިވެފަ އެވެ. 

ޑީއާރުޕީ އުވާލުމާއި ގުޅޭ ގޮތުން "ސީއެންއެމް" އަށް މައުލޫމާތު ދެމުން އީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ޕާޓީ އަށް 3،000 މެމްބަރުން ހަމަ ކުރުމަށް ދިން ތިން މަސް ދުވަހުގެ ނޯޓިސް ހަމަވެފައި ވާކަމަށާއި، އެ މުއްދަތުގެ ތެރޭ އެ ޕާޓީ އަށް އެއަދަދަށް މެމްބަރުން ހަމަކުރެވިފައި ނުވާ ކަމަށެވެ. 

އެހެން ކަމުން އެ ޕާޓީ އުވާލަން ނިންމިކަން އެ ޕާޓީ އަށް މިހާރު އަންގާފައި ވާނެ ކަމަށާއި، އެ ޕާޓީގެ ދަރަންޏާއި މެދު ޒިންމާވާނެ ފަރާތެއް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެންގުމަށް މިހާރު އެ ޕާޓީ އަށް އަންގާފައި ވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

ޑީއާރުޕީގެ ލީޑަރުގެ ގޮތުގައި މިވަގުތު ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް