ads
ރައީސް ސާލިހް އަދި ޝާހިދު
ރައީސް އަރިހުގައި ޝާހިދުވެސް ސެމީ މެޗު ބައްލަވަން ގަތަރަށް
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައި، ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ބައްލަވަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ގަތަރަށް ވަޑައިގެންފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ދެމަފިރި ކަނބަލުން ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލައްވަން ގަތަރަށް ފުރާވަޑައިގެންނެވީ މިރޭއެވެ. ރައީސް އަރިހުގައި ގަތަރަށް ފުރާ ވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. 

ރައީސް އަރިހުގައި ފޮރިން މިނިސްޓަރު ޝާހިދު ގަތަރަށް ވަޑައިގެންނެވިކަން އެ މަނިކުފާނު ހާމަ ކުރެއްވިއިރު، މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކަށް ރައީސް އަރިހުގައި ޝާހިދުވަނީ ހުވަދު އަތޮޅަށްވެސް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން އެނބުރި ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ. 

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކަށް ރައީސްގެ ދެ ކަނބަލުން ވަޑައިގެންނެވިއިރު، ސެމީ ފައިނަލްގެ އެއް މެޗަކީ ފްރާންސާ މޮރޮކޯގެ މެޗެކެވެ. ސެމީގެ އަނެއް މެޗަކީ އާޖެންޓީނާއާ ކްރޮއޭޝިއާ ކުޅޭ މެޗެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް