ads
ވިކީ އަދި ކެޓްރީނާ:
ކެޓްރީނާގެ ފިރިމީހާ "ކަޓުވާލަން" ޝެހެނާޒް އުޅެފި
ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީ ކައުޝަލް އާ މަޝްހޫރު ޕަންޖާބީ އެކްޓަރު/ލަވަކިއުންތެރިޔާ ޝެހެނާޒް ގިލް ފްލާޓް ކުރުމުން އޭނާ އަކީ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވިކީ ބުނެފި އެވެ.
Advertisement

ވިކީ މިހެން ބުނެފައިވަނީ ޝެހެނާޒް އަލަށް ފެށި އޭނާގެ ޓޯކް ޝޯ "ދޭސީ ވައިބްސް ވިތް ޝެހެނާޒް ގިލް" ގައި ދެކެވުނު ވާހަކައަކާ ގުޅިގެންނެވެ. 

މިގޮތުން ޝޯގެ ތެރެއިން ސަމާސާ ރާގަކަށް ފްލާޓް ކުރަމުން ވިކީ އެންމެ ފަހުން ކުޅުނު ފިލްމު 'ގޯވިންދާ ނާމް މެރާ' ފިލްމުގައި އުޅޭގޮތައް ދެ އަންހެން ކުދިންނަށް ޗާންސް ލިބިދާނެތޯ އާއި އެ ފުރުސަތު ޝެހެނާޒް އަށް ދީފާނަންތޯ އޭނާ ސުވާލުކުރެއެވެ. މިހެން ސުވާލު ކުރުމުން "މިހާރު އުޅެނީ ކައިވެނި ކޮށްގެން" ކަމަށް ވިކީ ބުނެ އެވެ. 

your imageޝެހެނާޒް އަދި ވިކީ

ޝެހެނާޒް އަކީ ކުއްލި ގޮތަކަށް މަރުވި އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ސިދާތް ޝުކްލާގެ ލޯބިވެރިޔާ އެވެ. އޭނާ މަޝްހޫރުވެފައިވަނީ ބިގްބޮސް 13 އިންނެވެ. އެ ޝޯގައި ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ވަނީ ޝެހެނާޒް އަކީ ޕަންޖާބީގެ ކެޓްރީނާ ކައިފް ކަމަށް ބުނެފައެވެ. އޭގެފަހުން ޝެހެނާޒް މަޝްހޫރުވެފައިވަނީވެސް އެ ލަގަބުން ނެވެ.

ސިދާތާއި އާއި ޝެހެނާޒް އާއި ދެމެދު ގާތް ގުޅުމެއް އުފެދިގެން ދިޔައީވެސް ބިގްބޮސް ތެރެއިން ނެވެ. ޝިދާތް މަރުވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހާޓް އެޓޭކެއް ޖެހިގެންނެވެ.

your imageބިގް ބޮސް 13 ކާމިޔާބު ކުރި ސިދާތް

ސިދާތު  އާއި  ޝެހެނާޒް  އެކުގައި  ފެނިގެން  ދިޔަ ނަމަވެސް  މި  ދެ ތަރިން  ލޯބީގެ  ގޮތުން  ގުޅިގެން  އުޅޭކަން  މީޑިއާ  އަށް  ހާމަކޮއްފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ސިދާތު ކުއްލިއަކަށް މަރުވިއިރު އެ ދެ މީހުން ކައިވެނި ކުރުމަށް 2022 ވަަނަ އަހަރު ޑިސެމްބަރަށް ދިއައީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ސެހެނާޒްގެ އާއިލާ އާއި ހަވާލާދީ އޭރު ރިޕޯޓު ކުރި ގޮތުން އޭނާ ގިނަ ވަގުތު ހޭދަ ކުރީ ހިތާމަ ކުރުމުގަ އެވެ. ސިދާތުގެ މަަރަށް ފަހު އެއްވެސް މީހަކާއި އޭރު ސެހެނާޒް ވާހަކަ ނުދައްކަ އެވެ.

ސިދާތުގެ  ކުއްލި  މަރާ ގުޅިގެން  ޝެހެނާޒްގެ ބަހެއް  މީޑިއާތަކަށް ނުދީ މަހެއްވަރު އެ ހިތާމާގައި އޭނާގެ މަސައްކަތްތައް ވެސް ހުއްޓާލައިގެން ހޭދަކުރިއެވެ.

ނަމަވެސް ޝިދާތު މަރަށް މަހެއް ފުރުނުއިރު ޝެހެނާޒް ވަނީ އަލުން މަސައްކަތައް ނިކުމެފައެވެ.  

21%
ކަމުގޮސްފި
37%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް