ads
ރަންވީރު ސިންގް
ރަންވީރު ކުޑަ ކުއްޖަކު ސަލާމަތްކޮށްފި
ގިނަ ބައެއްގެ ތެރެއަށް ފިތި އަނިޔާވަމުން ދިޔަ ކުޑަކުއްޖަކު ބޮލީވުޑްގެ ތަރި ރަންވީރު ސިންގް ސަލާމަތް ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ރަންވީރު މި ކުޑަކުއްޖާ ސަލާމަތް ކުރީ 'މަލަތް މަސްތީ' ނަމުގައި އިިންޑިއާގެ މުމްބާއީގައި ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ. 

މި އެވެންޓަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މީހުންނަށް ބާރު އެޅުމަށް ކުރިއަށް ގެންދިޔަ އިވެންޓެކެވެ. 

އިވެންޓުގައި ރަންވީރު ވެސް ބައިވެރިވިއިރު، އޭނާގެ ފަރާތުން ފެނުނު މަންޒަރު ވަރަށް ވެސް ތަފާތެވެ. އެގޮތުން ރަންވީރުގެ ފޭން ކުލަބަކުން އާންމު ކުރި ވީޑިއޯއިން ފެންނަނީ މީހުން ގިނަ ވުމުގެ ސަަބަބުން ފިތިފައި ހުރި ކުޑަކުއްޖަކު ރަންވީރު ސަލާމަތް ކުރާ މަންޒަރެވެ. އެ ކުއްޖާ އުރާލައިގެން ރައްކާތެރި ހިސާބަކަށް ގެންދެއެވެ. 

"ރަންވީރަކީ ވަރަށް ރަނގަޅު ހިތްހެޔޮ މީހެއް،" ކުޑަކުއްޖާ އުރާލައިގެން ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ ޝެއާކުރަމުން އޭނާގެ ފޭނެއް ބުނެފައިވެއެވެ. 

މި ހިތްހެޔޮ އަމަލުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ރަންވީރަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް