ފުލުހުން ބުނިގޮތުގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ޖެހިގެން ފުލުހުން ހޯދަމުންދަނީ ކ. މާލެ، މއ. ނިކަގަސްދޮށުގެ އުމުރުން 37 އަހަރުގެ މުޙައްމަދު ޝަރޫޖް އާދަމް އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ޝަރޫޖް ހޯދަމުންދަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި އޭނާ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑު އެހުމަށް ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މާދަމާ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ފުލުހުން ވަނީ ޝަރޫޖް އާދަމް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.