ރޭ އާޖެންޓީނާއިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރިއިރު، ޓީމުގެ ތަރިއަކަށްވީ ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއަނަލް މެސީއެވެ. އެއް ލަނޑު ޖެހުމުގެ އިތުރުން އަނެއް ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިން މެސީވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ދެ ރެކޯޑެއް ހަދައިފަ އެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީން ލަނޑު ޖަހައި މެސީ ވަނީ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
ރޭ މެސީ ހެދި ދެވަނަ ރެކޯޑަކީ ވޯލްޑް ކަޕުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑާ ހަމަހަމަ ކުރުމެވެ. ރޭގެ މެޗާ ހަމައަށް މި ރެކޯޑް އޮތީ ޖަރުމަންގެ ކުރީގެ ކުޅުންތެރިޔާ ލޯތާ މެތެއުސް އަތުގައެވެއެވެ. ރޭ މެސީ ވަނީ 25 މެޗު ހަމަކޮށް ލޯތާގެ ރެކޯޑާ ހަމަހަމަކޮށްފަ އެވެ. އަދި ފައިނަލް މެޗުގައި މެސީ ކުޅެފިނަމަ އެ ރެކޯޑު މުގުރާލުމުގެ ފުރުސަތު މެސީއަށް މިހާރުވަނީ ލިބިފައެވެ.
ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދުމަށް މިރޭ މޮރޮކޯ ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.