ads
އެމްއެންޔޫގެ މެޑިސިން ދަރިވަރުންތަކެއް
ނަރުހުންނަށް ރަނުގެ ފުރުސަތެއް، ފުލީ ފަންޑަޑް 15 ސްކޮލަޝިޕް
ސާކް ގައުމުތަކާއި މެލޭޝިޔާ އަދި ފިލިޕީންސްގައި ކިޔެވޭ ގޮތަށް ނަރުހުން ތަމްރީން ކުރުމަށް ސަރުކާރުން ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވަނީ ސްކޮލަޝިޕްގެ 15 ފުރުސަތަށެވެ. މި ފުރުސަތުތަކަށް އެދި މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ސްކޮލަޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް ހަ މަސް ދުވަސް ލިބޭނެ އެވެ.

ސްކޮލަޝިޕް ފުރުސަތުތަކާ ގުޅޭ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ނަރުހުންގެ ސްޕެޝަލައިޒްޑް ސްކޮލަޝިޕް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުން ކަމަށެވެ.

ސަރުކާރުން ފުލީ ފަންޑެޑް ސްކޮލަޝިޕް ދޭން ނިންމާފައިވަނީ އަށް ހޮސްޕިޓަލަކަށް ނަރުހުން ހޯދުމަށެވެ. އެއީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް