ads
އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ފައިސަލް
ފައިސަލް ދަންޖެހުނު މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅައިފި
އަނބިމީހާގެ މަރުގެ ތުހުމަތުގައި ހައްޔަރުގައި ހުއްޓައި ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނު އދ. ފެންފުށީ / އަބޫބަކުރު ފައިސަލް ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

މި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ ތުހުމުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ހައްޔަރުގައި ހުރި އަބޫބަކުރު ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 23:15 ހާއިރުއެވެ.

އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ނުރައްކާތެރި ކަމެއް ހިނގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އަދި އަބޫބަކުރު ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައެއް ނުވެ އެވެ. އޭގެ ސަބަބުން ފުލުހުންގެ އިތުބާރު ވެސް ކުޑަވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިއީ މަރާލާފައިވާ އާއިލާ އަށް އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމެއް،" އާދަމް ޝަރީފު މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި އެވެ.

އެހެންކަމުން، ފައިސަލް ދަންޖެހިގެން މަރުވާން އުޅުނު މައްސަލާގައި ދިވެހި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށާއި މިފަދަ ކަންކަން ކުރިމަގުގައި ތަކުރާރު ނުވާނޭގޮތް ހެދުމަށްޓަކައި މިކަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބައްލަވައި ދެއްވުން އެދޭ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް